ޚަބަރު ޖޭޕީގެ ލީޑަރުކަމަށް މިފަހަރުވެސް ގާސިމް އިންތިޚާބު ކޮށްފި

ޖޭޕީގެ ލީޑަރުކަމަށް މިފަހަރުވެސް ގާސިމް އިންތިޚާބު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރުކަމުގެ މަގާމަށް ކުރިން ވެސް އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހީމް އިންތިޚާބު ކޮށްފިއެވެ.

ގާސިމް އިންތިޚާބުވީ އެ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި އޭނާގެ އިތުރުން އެހެން މީހަކު ކުރިމަތިލައިފައި ނުވާތީއެވެ.

ޕާޓީގެ ލީޑަރުގެ މަޤާމަށް ޤާސިމް އިންތިޚާބުވެފައިވާއިރު، އާ ދައުރަކަށް އެ ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރާނީ މި މަހުގެ 24 އަދި 25 ގައި ބާއްވާ ޖޭޕީގެ ކޮންގްރެސްގައެވެ.

މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީ ހޮނިހިރު ދުވަހުގެ މެންދުރު 14:00އަށެވެ.

އެ ޕާޓީގެ ނައިބު ލީޑަރުކަމުގެ މަގާމަށް ޤާސިމްގެ އަނބިކަނަބަލުން އަދި މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭހެން ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުން:

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ
ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ
ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް
މިހާރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދު
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
އެންވަޔަރަމަން މިނިސްޓަރު ޑރ. ހުސައިން ރަޝީދު
ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމް
އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
ޔަޝްފާ އަބްދުލް ޣަނީ
އެ ޕާޓީގެ ކޮންގްރެސުން އަލަށް އިންތިޚާބު ކުރާ ކައުންސިލުން ނިންމާނެ އެންމެ މުހިންމު ނިންމުމަކީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި އަމަލު ކުރާނެ ގޮތެވެ. މިގޮތުން، އެ އިންތިޚާބަށް އެ ޕާޓީން ވަކި ކެންޑިޑޭޓެއް ނެރޭނެތޯ ކޮންގްރެސްގައި ނިންމާނެއެވެ.

ޓެގް

ޖުމްހޫރީޕާޓީ ޤާސިމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.