ލެޕްޓޮޕެއްގެ ބެޓެރީ ލައިފް އަކީ އޭގެ ޖުމްލަ ޕާފޯމަންސް ކަނޑައެޅޭ އެންމެ މުހިންމު އެއް ސަބަބެވެ. ރަނގަޅު ހާލަތުގައި ހުންނަ ބެޓެރީއަކުން މެދުކެނޑުމެއް ނެތި ގިނަ ވަގުތު ބޭނުން ކުރެވޭއިރު، ލެޕްޓޮޕެއްގެ ބެޓެރީ ފެއިލްވެއްޖެ ނަމަ ކުއްލިއަކަށްވެސް ލެޕްޓޮޕް ހުއްޓުން ނުވަތަ ޕާފޯމަންސް ދަށްވުން ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން ވިންޑޯޒް ލެޕްޓޮޕެއްގެ ބެޓެރީގެ ލައިފް ނުވަތަ ހާލަތު ގަވާއިދުން ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ވިންޑޯޒް ލެޕްޓޮޕްގެ ބެޓެރީގެ ލައިފް ބެލޭނެ ބައެއް ގޮތްތައް:
- ބިލްޓް-އިން ބެޓެރީ ރިޕޯޓް ބޭނުންކުރުން:
ވިންޑޯޒް 10 ފަރުމާކޮށްފައި ވަނީ ބެޓެރީ ބޭނުންކުރާ ގޮތާއި ބެޓެރީލައިފް ގެ އިތުރުން ކަމާ ގުޅޭ އެހެނިހެން ތަފްސީލްތައް ހިމެނޭ ބިލްޓް އިން ބެޓެރީ ރިޕޯޓަކާ އެކު އެވެ. ރިޕޯޓް ޖެނެރޭޓް ކުރުމަށް، ތިރީގައި ބަޔާންކުރާ މި ފިޔަވަޅުތަކަށް ތަބާވާށެވެ.
ހ. ފުރަތަމަ ޕަވަރ ޔޫޒަރ މެނޫ ހުޅުވުމަށް ވިންޑޯޒް ކީ + އެކްސް އަށް ފިތާލާށެވެ.
ށ. ވިންޑޯޒް ޕަވާޝެލް (އެޑްމިން) އަށް ކްލިކް ކުރާށެވެ.
ނ. “powercfg /batteryreport” ޓައިޕްކޮށް، އެންޓަރ ކުރާށެވެ.
ރ. އައުޓްޕުޓްގައި ދޭ ފައިލް ލޮކޭޝަނަށް ނެވިގޭޓްކޮށް، ރިޕޯޓް ބެލުމަށް އެޗްޓީއެމްއެލް ފައިލް ހުޅުވާލާށެވެ.
މި ރިޕޯޓުގައި ބެޓެރީ ކެޕޭސިޓީ އާއި ޗާޖް އެންޑް ޑިސްޗާޖް ރޭޓާއި ބެޓެރީ ލައިފް އެސްޓިމޭޓް ގެ އިތުރުން ކަމާ ގުޅޭ އެހެނިހެން ތަފްސީލުތައް ލިބޭން ހުންނާނެއެވެ.
2. ބެޓެރީއިންފޮވިއު ބޭނުންކުރުން:
ބެޓެރީއިންފޯވިއު އަކީ ބެޓެރީ ބޭނުންކުރުމާއި ސިއްހަތާއި ކަމާ ގުޅޭ އެހެނިހެން ތަފްސީލުތަކުގެ ތަފްސީލީ މައުލޫމާތު ފޯރުކޮށްދޭ ހިލޭ ބޭނުންކުރާ ޔުޓިލިޓީއެކެވެ. ބެޓެރީއިންފޮވިއު ބޭނުންކުރުމަށް، މި ފިޔަވަޅުތަކަށް ތަބާވާށެވެ.
ހ. ރަސްމީ ވެބްސައިޓުން ބެޓެރީއިންފޯވިއު ޑައުންލޯޑްކޮށް އިންސްޓޯލް ކުރާށެވެ.
ށ. އެޕްލިކޭޝަން ލޯންޗްކުރުން.
ނ. މި އެޕްލިކޭޝަން މެދުވެރިކޮށް ބެޓެރީގެ ސިއްހަތާއި، ބޭނުންކުރުމާއި، ކަމާގުޅުންހުރި އެހެނިހެން ތަފްޞީލުތަކުގެ ތަފްސީލީ މަޢުލޫމާތު ލިބިގެންދާނެއެވެ.
ބެޓެރީއިންފޯވިއުއިން ބެޓެރީގެ ސިއްހަތާއި ބޭނުންކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ރިޕޯޓެއް ދެއެވެ. މި ރިޕޯޓުގައި ބެޓެރީކެޕޭސިޓީ އާއި މިހާރުގެ ހާލަތާއި ބެޓެރީގެ ބާވަތާއި ބެޓެރީ ވެއާ ލެވެލް އަދި ކަމާ ގުޅޭ އެހެނިހެން ތަފްސީލުތައް ހިމަނާފައިވެ އެވެ.
3. ކޮމާންޑް ޕްރޮމްޕްޓް ބޭނުންކުރުން:
ކޮމާންޑް ޕްރޮމްޕްޓް ޔުޓިލިޓީންވެސް ބެޓެރީގެ ސިއްހަތާއި ބޭނުންކުރުމާ ބެހޭ ތަފްސީލީ މައުލޫމާތު ފޯރުކޮށްދެވޭނެ އެވެ. ކޮމާންޑް ޕްރޮމްޕްޓް ޔުޓިލިޓީ ބޭނުންކޮށްގެން ބެޓެރީ ރިޕޯޓެއް ޖެނެރޭޓް ކުރުމަށް، މި ފިޔަވަޅުތަކަށް ތަބާވާށެވެ.
ހ. އެޑްމިނިސްޓްރޭޓަރެއްގެ ހައިސިއްޔަތުން ކޮމާންޑް ޕްރޮމްޕްޓް ޔުޓިލިޓީ ހުޅުވުން.
ށ. ” powercfg /batteryreport ” މިގޮތަށް ލިޔުމަށްފަހު އަދި އެންޓަރކޮށްލާށެވެ.
ނ. އައުޓްޕުޓްގައި ދޭ ފައިލް ލޮކޭޝަނަށް ނެވިގޭޓްކޮށް، ރިޕޯޓް ބެލުމަށް އެޗްޓީއެމްއެލް ފައިލް ހުޅުވާލާށެވެ.
ކޮމާންޑް ޕްރޮމްޕްޓް ޔުޓިލިޓީ ބޭނުންކޮށްގެން އުފައްދާ ފައިވާ ރިޕޯޓުގައި ބެޓެރީ ކެޕޭސިޓީ، ޗާޖް އެންޑް ޑިސްޗާޖް ރޭޓް، ބެޓެރީ ލައިފް އެސްޓިމޭޓްސް އަދި ކަމާ ގުޅޭ އެހެނިހެން ތަފްސީލުތައް ހިމެނެ އެވެ.
4. ތާޑް ޕާޓީ އެޕްލިކޭޝަންތައް ބޭނުންކުރުން:
ބެޓެރީގެ ސިއްހަތާއި ބޭނުންކުރުމާ ބެހޭ ތަފްސީލީ މައުލޫމާތު ފޯރުކޮށްދޭ ތާޑް ޕާޓީ އެޕްލިކޭޝަންތަކެއް ލިބެން ހުންނާނެ އެވެ. މަޝްހޫރު ތާޑް ޕާޓީ އެޕްލިކޭޝަންތަކުގެ ތެރޭގައި ބެޓެރީމޮން، ބެޓެރީކެއާ އަދި ބެޓެރީބާ ހިމެނެ އެވެ. މި އެޕްލިކޭޝަންތަކުން ބެޓެރީގެ ސިއްހަތާއި، ބޭނުންކުރުމާއި، ކަމާގުޅުންހުރި އެހެނިހެން ތަފްޞީލުތަކާ ބެހޭ ގޮތުން ފުރިހަމަ ރިޕޯޓެއް ލިބެއެވެ.
ވިންޑޯޒް ލެޕްޓޮޕެއްގެ ބެޓެރީގެ ސިއްހަތު ބެލުމަކީ ކުއްލިއަކަށް މަސައްކަތް ހުއްޓުން ނުވަތަ ޕާފޯމަންސް ދަށްވުން ހުއްޓުވުމަށް އެހީތެރިވެދޭ ވަރަށް މުހިންމު މަސައްކަތެކެވެ. ބިލްޓް އިން ބެޓެރީ ރިޕޯޓާއި ބެޓެރީއިންފޯވިއު އާއި ކޮމާންޑް ޕްރޮމްޕްޓް ޔުޓިލިޓީ އަދި ތާޑް ޕާޓީ އެޕްލިކޭޝަންތަކަކީ ވިންޑޯޒް ލެޕްޓޮޕްގެ ބެޓެރީގެ ސިއްހަތު ބެލޭނެ ގޮތްތަކެވެ. ގަވާއިދުން ބެޓެރީގެ ސިއްހަތު ބެލުމުން ލެޕްޓޮޕުން އެންމެ ރަނގަޅު ޕާފޯމަންސެއް ލިބޭކަމާއި ދިގު މުއްދަތަކަށް ބެޓެރީ ލައިފް ލިބޭކަން ޔަގީން ކުރެވޭނެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...