ބޭރުދުނިޔެ ސްވިޒަލޭންޑުން ތުރުކީއަށް 112 ޓަނަށްވުރެ ގިނަ ރަން ފޮނުވައިފި

ސްވިޒަލޭންޑުން ތުރުކީއަށް 112 ޓަނަށްވުރެ ގިނަ ރަން ފޮނުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒިއުރިކް، ސްވިޒަލޭންޑް (23 ޖެނުއަރީ 2023) – ސްވިޒަލޭންޑުން ތުރުކީއަށް ރެކޯޑް އަދަދަކަށް ރަން ފޮނުވި ކަމަށް ސްވިސް ފެޑެރަލް ކަސްޓަމްސް އެޑްމިނިސްޓްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެގައުމުން  ތުރުކީއަށް 3.6 ބިލިއަން ޑޮލަރުގެ އަގުހުރި 112.7 ޓަނުގެ ރަން އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2012 ވަނަ އަހަރުގެ ފަހުން މަހެއްގެ މައްޗަށް ޤައުމަކަށް އެކްސްޕޯޓް ކުރި އެންމެ ބޮޑު ޝިޕްމަންޓެވެ.

ތުރުކީއަށް ރަނުގެ އެކްސްޕޯޓު ކުރި މިންވަރު އިތުރުވެފައި މިވަނީ އިގްތިސާދީ ނުތަނަވަސްކަމާއި ޖިއޮޕޮލިޓިކަލް ނުތަނަވަސްކަމުގެ ތެރޭގައި ރައްކާތެރި ހެވަން އެސެޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް ތުރުކީގައި ރަނަށް އޮތް ޑިމާންޑް އިތުރުވެފައި ވަނީ އިންފްލޭޝަންގެ ކަންބޮޑުވުމާއި ތުރުކީ ފައިސާގެ އަގު ދަށަށް ދިއުމުގެ ސަބަބުންނެވެ.

ރަނުގެ މުއާމަލާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ ނަންތައް ސްވިޒަލެންޑް ސަރުކާރުން ހާމަކޮށްފައި ނުވާތީ، ބޮޑު ޝިޕްމަންޓެއް ގެނައުމުގެ ސީދާ ސަބަބު ދެނެގަންނަން ވަނީ ދަތިވެފަ އެވެ. ނަމަވެސް ބައެއް އެނަލިސްޓުން ދެކޭ ގޮތުގައި އެ ރަނަކީ ތުރުކީގެ މަރުކަޒީ ބޭންކުން ނުވަތަ ޕްރައިވެޓް އިންވެސްޓަރުން ގަނެފައިވާ ރަން ކަމަށް ބެލެވެ އެވެ.

ސްވިޓްޒަލޭންޑަކީ ފިޒިކަލް ގޯލްޑް ޓްރޭޑިންގެ ދުނިޔޭގައި އެންމެ ބޮޑު ހަބަކަށް ވާއިރު، ދުނިޔޭގެ އެކި ގައުމުތަކަށް ގިނަ އަދަދެއްގެ އަގުހުރި މެޓަލް އެކްސްޕޯޓް ކުރެ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެގައުމުން ޖުމްލަ 245.9 ޓަނުގެ ރަން އެކްސްޕޯޓްކޮށްފައިވާއިރު،  2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެގައުމުން  އެކްސްޕޯޓްކޮށްފައިވަނީ 179.4 ޓަނެވެ.

ސްވިޒަލޭންޑުން ތުރުކީއަށް ރަނުގެ އެކްސްޕޯޓު ކުރާ މިންވަރު ކުރިއަށް އޮތް މަސްތަކުގައި ވެސް ދެމިއޮންނާނެ ކަމަށް ލަފާކުރެވެނީ އެ ސަރަހައްދުގެ އިގްތިސާދީ އަދި ސިޔާސީ ނުތަނަވަސްކަން އަދިވެސް ދެމިއޮތުމުންނެވެ. ނަމަވެސް ރަނަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ކައިރި މުސްތަގުބަލެއްގައި ސަޕްލައި ގެއްލުމާއި އަގު ބޮޑުވެދާނެ ކަމުގެ އިންޒާރު ބައެއް ތަޖުރިބާކާރުން ދެ އެވެ.

ސްވިޒަލޭންޑްގެ ފެޑެރަލް ކަސްޓަމްސް އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ މިދިޔަ ޖެނުއަރީ މަހު ބޭހާއި ގަޑި އެކްސްޕޯޓް ކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބުނެ، އެ ގައުމުގެ ތަފާތު އިގްތިސާދާއި ދުނިޔޭގެ ވިޔަފާރީގެ ވަސީލަތްތައް އިތުރަށް ފާހަގަކޮށްފަ އެވެ.

ތުރުކީއަށް ފޮނުވި ރަނުގެ ރެކޯޑް މުގުރާލި މިޝިޕްމަންޓަކީ ދުނިޔޭގެ ރަނުގެ ވިޔަފާރީގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ސްވިޒަލޭންޑްގެ މުހިންމުކަން ދައްކުވައިދޭ އަދި ތުރުކީއާއި މި ސަރަހައްދުގެ އެހެން ގައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާ ކަމެކެވެ.

ޓެގް

ސްވިޒަރލޭންޑް ތުރުކީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.