ދީން ހަމަކަށަވަރުން މިއީ، މުސްލިމުންނަށްޓަކައި މާތްﷲ ދެއްވެވި ޢީދު ދުވަހެކެވެ.

ހަމަކަށަވަރުން މިއީ، މުސްލިމުންނަށްޓަކައި މާތްﷲ ދެއްވެވި ޢީދު ދުވަހެކެވެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޙަދީޘުކުރައްވާފައިވެއެވެ. “ހަމަކަށަވަރުން، މިއީ މުސްލިމުންނަށްޓަކައި މާތްﷲ ދެއްވެވި ޢީދު ދުވަހެކެވެ. ފަހެ، ހުކުރު ނަމާދަށް އަންނަ މީހަކު ނަމަ، ފެންވަރައި ހުވަދުލައި، ރަގަޅަށް ދަތް އުގުޅާށެވެ. މާނައަކީ: ހުކުރުގެ ޖަމާޢަތުގައި ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވާނެކަމަށްޓަކައި ކޮންމެ މިސްލިމަކުމެ، މި ޖަމާޢަތުގައި ބައިވެރިވާން އަންނަ އިރު ރަގަޅަށް ފެންވަރައި، ގައިން ނުބައިވަސް ނުދުވާނޭގޮތަށް ސާފުތާހިރުވެ ތިބެގެންވާ ޙާލު، ހުކުރު ނަމާދުގައި ބައިވެރިވުން މުހިންމުވުމެވެ.

އެހެނިހެން ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރުމަކީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވާފައިވާއިރު، ހުކުރު ނަމާދު ޖަމާޢަތުގައި ކުރުން ފަރުޟުކުރައްވާފައިވަނީވެސް، މުސްލިމުންގެ ގުޅުން ބަދަހިވެގެން ދިއުމުގެ ވަސީލަތެއްގެ ގޮތުގައެވެ. ހަމައެހެންމެ، ހުކުރު ނަމާދުގެ ކުރިން އިމާމު، ކިޔާ ޚުޠުބާ އަޑު އެހުން ވާޖިބުކުރެއްވުމާއެކު، ހުކުރު ނަމާދުގެ މުހިންމު ރުކުނެއްގެ ގޮތުގައި ދެ ޚުޠުބާކިޔުންވެސް ކަނޑައެޅިފައިވެއެވެ.

ހުކުރު ދުވަހުގެ މަޤްޞަދުތަކުގެ ތެރޭގައި ހަނދާންކޮށްދިނުމާއި، ނަޞޭޙަތްދިނުން ހިމެނެއެވެ. މި ދުވަހު، ޚުޠުބާ ވިދާޅުވާ ޚަޠީބު، ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމާއި، ޙައްޤާއި ހެޔޮމަގަށް އިރުޝާދު ދެއްވައެވެ. ހުކުރު ދުވަހުގެ ޚުޠުބާގައި އެ ދުވަސްވަރަކު މުސްލިމުންނަށް އެންމެ މުހިންމުވެގެންވާ ކަންކަމާބެހޭ އިރުޝާދުތައް ދިނުން އޮވެއެވެ.

މި ހުރިހާ ސަބަބަކަށްޓަކައި މާތް ﷲ ވަނީ ހުކުރުދުވަސް މާތްކުރައްވާ ޚާއްޞަ ކުރައްވާފައެވެ.

ޓެގް

ހުކުރުދުވަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.