ޚަބަރު ރައީސް ސޯލިހުގެ ކެމްޕެއިން މަސައްކަތް ރޯދައިގެ ފަހުން ފަށަނީ

ރައީސް ސޯލިހުގެ ކެމްޕެއިން މަސައްކަތް ރޯދައިގެ ފަހުން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އަންނަ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓު ހޯއްދެވި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެެއިންގެ މަސައްކަތްތައް މި ރަމަޟާންމަހަށްފަހު ފަށްތަވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ދައުލަތު މިޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޟު ވިދާޅުވެފައިވަނީ ރޯދައަށްފަހު ކެމްޕެއިންގެ މަސައްކަތްތަކާއެކު ފަށާނެ އެންމެ މުހިންމު ކަމަކީ ރައީސް ޞާލިޙުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްކަމަށެވެ. ފައްޔާޟު ވިދާޅުވީ ރޯދައަށްފަހު ބައެއް މަސައްކަތްތައް ފެށާއިރު، އިންތިޚާބަށް ތައްޔާރުވަމުންއަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށެވެ.

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން އެރައްޔިތުންގެ ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ރައްޔިތުންނާ ގާގތުން މަސައްކަތްކުރާ ޕާޓީއެއްކަމަށާ، އެހެންކަމުން މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގައިވެސް ރައްޔިތުންގެ އަޑު އަހާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފާއިތުވި ސަރުކާރުތަކުގައި ކޮށްފައިވާ ކަންކަމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ބަލައި ރައްޔިތުންގެ ރައުޔު ހޯދުމަކީ ކެމްޕެއިން މަސައްކަތުގައި އެންމެ އިސްކަމެއް ދޭނެ އެއް ކަންތައްކަމުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުއެވެ. ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރަން ހުޅުވާލަން ކަނޑައަޅާފައިވަނީ އަންނަ ޖުލައި މަހުގެ 23ގައެވެ. އެފުރުސަތު އޮގަސްޓް މަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ޓެގް

ކެމްޕެއިން ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.