ޚަބަރު އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ރޯވެ އާއިލާއެއް ހާލުގައި ޖެހިއްޖެ

އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ރޯވެ އާއިލާއެއް ހާލުގައި ޖެހިއްޖެ

އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި ރޯވެ އާއިލާއެއް ހާލުގައި ޖެހިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ މާކޯޅި ނަމަކަށް ކިޔާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބި އެގޭގައި ދިރިއުޅު ޢާއިލާ ހާލުގައި ޖެހިއްޖެއެވެ.

ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރީ ޓުވީޓެއްގައި ބުނެފައިވަނީ، ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ސަބަބުން އެގޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ސެންޓަރާއި އައްޑޫ ސިޓީގެ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ ކަމުގައެވެ.

މި ގޭގައި ރޯވާން މެދުވެރިވީ ސަބަބެއް ރަސްމީ ފަރާތްތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި ހާދިސާގައި ތިން ކުޑަކުދިންނާއި އަންހެނަކަށް އަނިޔާވެފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިފަރާތްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

ޓެގް

އަލިފާންރޯވުން އައްޑޫސިޓީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.