ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޤާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާއަށް މީހުން ހަމަނުވުމާ ގުޅިގެން ކާނިވަލުގެ ފަހަތުގައި ޖަހާފައި ހުރި ގިނަ ގޮނޑިތައް ނަގައިފައިވާއިރު ، ޖަލްސާ ފެށުނީވެސް ފަށަން ހަމަޖެއްސި ގަޑީގެ މާފަހުންނެވެ.
ރޭ 8:30 އަށް ކިޔާފައިވާ ޖަލްސާއަށް މީހުން ހަމަނުވުމާ ގުޅިގެން ކާނިވަލުގެ ފަހަތުގައި ޖަހާފައި ހުރި ގޮނޑި ބަރިތައް ނަގަން ފަށާފައިވާއިރު، 9:00 އާ ހަމައަށްވެސް ޖަލްސާއަށް ޖެހި ގިނަ ގޮނޑިތައް ހުރީ ހުހަށެވެ.
ރޭގެ ޖަލްސާއަށް އައުމަށް ފައިސާ ހުށަހެޅި ބައެއް ގުރޫޕުތަކަށް ފައިސާ ނުލިބުމުގެ ސަބަބުން ޖަލްސާއަށް އަންނަން ކަނޑައެޅި ވަގުތަށް އެ ގުރޫޕުތައް ހާޒިރުނުވިއެވެ. ޖޭޕީގެ އިސްވެރިން އާދޭސްކުރެއްވުމަށްފަހު، ދޭން ބުނި ފައިސާ ހަމަޖެއްސުމާއެކު އެއިން ބައެއް ގުރޫޕުތައް އޭގެ ގަޑިއެއް ހާއިރު ފަހުން ޖަލްސާއަށް ހާޒިރުވެފައިވެއެވެ.
ގުރޫޕުތައް ޖަލްސާއަށް އައި ނަމަވެސް އަންދާޒާކުރި އަދަދާ ގާތަށްވެސް ޖަލްސާއަށް މީހުން ނައުމާ ގުޅިގެން ފަހަތުގައި ޖަހާފައި ހުރި ގޮނޑި ބަރިތައް ހުރީ ހުސްކޮށެވެ. އެހެންވެ ފަހުން އެ ގޮނޑިތައްވަނީ ނަގާފައެވެ.
ރޭ ޖުމުހޫރީޕާޓީން ބޭއްވި ޖަލްސާ ފެށުނީ 10:04 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...