ޚަބަރު ފުލުހެއްގެ އަތަކު ދަތް ނާޅާކަމަށާއި، މުއްދަތު ޖެހީ ފުލުހުން ދިން އަނިޔާ ފޮރުވަންކަމުގައި އެކްޓިވިސްޓް ނުހާ ބުނެފި

ފުލުހެއްގެ އަތަކު ދަތް ނާޅާކަމަށާއި، މުއްދަތު ޖެހީ ފުލުހުން ދިން އަނިޔާ ފޮރުވަންކަމުގައި އެކްޓިވިސްޓް ނުހާ ބުނެފި

ފުލުހެއްގެ އަތަކު ދަތް ނާޅާކަމަށާއި، މުއްދަތު ޖެހީ ފުލުހުން ދިން އަނިޔާ ފޮރުވަންކަމުގައި އެކްޓިވިސްޓް ނުހާ ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހެއްގެ އަތުގައި ދަތް އަޅާފައިނުވާނެ ކަމަށާއި ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހީ ފުލުހުން ކުރި އަނިޔާތައް ފޮރުވަންކަމުގައި ޕީޕީއެމްގެ ޒުވާން އަންހެން އެކްޓިވިސްޓް ނުހާ އިބްރާހިމް ބުނެފިއެވެ.

ނުހާ އިބްރާހިމް މިހެން ބުނެފައިވަނީ ލޯޔަރު އާސިފް ސޯޝަލް މީޑީއާއަށް ދޫކޮށްލި ނުހާގެ ވީޑިއޯއެއްގައެވެ.

އެ ވީޑިއޯގައި ނުހާ ބުނަނީ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖެހީ ދެ ފުލުހެއްގެ އަތުގައި ދަތް އެޅިކަމަށް ބުނެ ކަމަށާއި ނަމަވެސް އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

“އަޅުގަނޑު ނޯންނާނެ އެއިން އެއްވެސް ފުލުހެއްގެ އަތުގައި ދަތް އަޅާފައެއް، ދަތް ނާޅާއިރުގާވެސް ހައްޔަރުކޮށްގެން (އޯޑިއޯ ސާފެއްނޫން) މި މީހުން ބޮޑެތި އަނިޔާތަކެއް ކޮށްފައި ހުރީ، މިކަން ނުފެންނަ ގޮތް ހަދަންވެގެން މި މީހުން އަސްލު ފަސް ދުވަހުގެ މުއްދަތު ޖެހީ” ނުހާ ބުނެފައިވެއެވެ.

އެ ވީޑިއޯ ހިއްސާ ކުރަމުން ލޯޔަރު އާސިފްވެސް ބުނެފައިވަނީ ނުހާގެ ގައިގެ އެތަން މިތާނގައި “ފެމުނު” ދަތް އަޅާފައި ހުރި ކަމަށެވެ.

އެ ވީޑިއޯގެ އޯޑިއޯ މާ ސާފު ނޫންކަމުން ވީޑިއޯގައި ދެއްކި ބައެއް ވާހަކަތައް އެހާ ސާފެއް ނޫނެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް 12 ވަނަ ދުވަހު ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ބެލެވޭގޮތުގައި ނުހާ މިހާރު ވަނީ ދޫކޮށްލާފައެވެ.

ޓެގް

ނުހާ ޕޮލިސް ސިޔާސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.