ކުޑަކުދިންނަށް ދޭ ބޭހެއްގައި ނުރައްކާތެރި މާއްދާތަކެއް ހުރުމުން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފޫޑް އެންޑް ޑަރްގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގަިއ ބުނެފައިވަނީ ކުޑަކުދިންނަށް ދޭ ސިރަޕްތަކުގައި ސިއްހީ ނުރައްކަލަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، “diethylene glycol and ethylene glycol” ހުރިކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެ ކުރިން އެލާޓް ކޮށްފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯއާ ހަވާލައިދީ އެ އޮތޯރިޓީން އިތުރަށް ބުނީ އޭގެ ފަހުން ނެރުނު އެލާޓެއްގައި “ނޭޗަކޯލްޑް” ނަމަކަށް ކިޔާ ކުޑަކުދިންގެ ސިރަޕްގައި ވެސް އެ މާއްދާތައް ހިމެނޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނިގޮތުގައި އެ ސިރަޕަކީ އިންގްލެންޑުގެ ފްރެކެން އިންޓަނޭޝަނަލްގައި އުފައްދައި ކެމަރޫންގައި ދައުރުވަމުންދާ ބޭހެކެވެ.
އެ އޮތޯރިޓީން ބުނީ އެ ސިރަޕަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ދީފައިވާ ބޭހެއް ނޫން ކަމަށާއި ނަމަވެސް ބޭސް ސިޓީއަށް ނުވަތަ އެނޫން ގޮތަކުން ވެސް ރާއްޖެއަށް އެ ބޭސް އެތެރެކުރުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...