ޚަބަރު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތައަށް އެޖެންޑާކޮށްފި

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތައަށް އެޖެންޑާކޮށްފި

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތައަށް އެޖެންޑާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޯށްފަނެކަމާމެދު ސުވާލު އުފެދިފައިވަނިކޮށް އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

ޖަލްސާގެ އެޖެންޑާގައި ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް އެކަންޏެވެ. މި ޖަލްސާގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންބަރުންނަށް ފޮނުވާފައެވެ. އާދީއްތަ އަކީ ޢާންމުކޮށް ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދުގަިއ ބުނަނީ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ރަސްމީ ބަންދޫން ދުވަހެއްގައި ޖަލްސާ ބާއްވަން ވާނެކަމަށެވެ.

އެމްޑީޕީން ތުހުމަތުކުރަނީ އެ ޖަލްސާއަށް މަޖިލީހުގެ ނާއިބު ރައީސް ވަޑައިނުގަތުމަށް މަސައްކަތްކުރާކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅައި އެމައްސަލަ ކުރިއަށް ގެންދާނަމަ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށެވެ.

މީގެ ކުރިންވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް، އިތުބާރު އޮތްކަމަށް ބުނެ އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

މިފަހަރު ހުށައެޅީ ނަޝީދުގެ އިތުބާރު ނެތްކަމަށް އެކަންޏެވެ. އެ މައްސަލަ ހުށައެޅީ އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށްފައެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.