މިހާސް ލޮލުން ކަރުނަ ހިލުވާލި އަސަރުގަދަ ތަޤުރީރެއް

ލޮލުން ކަރުނަ ހިލުވާލި އަސަރުގަދަ ތަޤުރީރެއް

ލޮލުން ކަރުނަ ހިލުވާލި އަސަރުގަދަ ތަޤުރީރެއް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރައްޔިތުންގެ ތެރެއިން ގިނަބއެއްގެ ތާޢިދާއިއެކު ވެރިކަމަށް ވަޑައިގެންވި ދިވެހި ޖުމުހުރިއްޔާގެ 8 ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ޤައުމާއި މުޙާތަބު ކުރައްވާ މިއަދު ދެއްވި ތަޤްރީރަކީ ޤައުމީ ޖޯސާއި ފޯރި އެކުލެވިގެންވި، ދިވެހި ވަންތަ ދިވެހި ދަރިންނަށް ފުން އަސަރުތަކެއް ކުރުވި ގިނަބައެއްގެ ލޮލުން ކަރުނަ ހިލިވާލި މޮޅު ތަޤްރީރެކެވެ.

ރައީސް ޑރ. މުޙައްދު މުއިއްޒުގެ މި ތާރީޙީ ތަޤްރީރު ފެށުނީންސުރެ ގޮސް ނިމެންދެންވެސް ދެއްކެވި ވާހަކަފުޅުތަކަކީ ޤައުމީވަންތަ ޤައުމާއި މެދު ވިސްނާ ފިކުރު ހިންގާ ބަޔަކަށް ވަރަށް މުހިއްމު ބޭނުންތެރި އަޑު އަހާހިތުން އަޑުއަހަން މަޖުބޫރު ކުރުވި ތަޤުރީރެކެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަޤުރީރު ނިމެން އުޅެނިކޮށް އެމަނިކުފާނު ފަހަތަށް އެބުރި ވަޑައިގެން ޖުމުހުރީ މައިދާނުގައި ނަގާފައިވާ ދިވެހި ބޮޑު ދިދައަށް މުޙާތަބު ކުރައްވާ އެދެއްކެވި ވާހަކަފުޅު ތަކަކީ އަސަރުން ފުރިގެންވި އިބުރަތްތެރި ވާހަކަފުޅެކެވެ. “އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!” ވަރަށް ޖޯޝާއި ފޯރީގައި އަދި އެހާމެ ޖަޒުބާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ބަލާޣާތްތެރި ޤައުމީ ޖޯޝް އެކުލެވިގެންވި  ޖުމުލަތަކާއިއެކު ހުވާކުރުމުގެ ދަރުބާރަށް ވަޑައިގެންނެވި އެތަށް ހާސްބައެއްގެ ތަރުހީބުގެ އަތްތިލަބަޑިން މުޅިތަން ގުމާލައިގެން ދިޔައިރު ގިނަބއެއްގެ ލޮލުން ކަރުނަ ފާއްދާލިތައް ފެނިގެން ދިޔައެވެ.

ދިވެހި ޖުމުހުރިއްޔާގެ 8 ވަނަ ރައީސެއްގެ ގޮތުގައި މިއަދު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާއި މުޙާތަބު ކުރައްވާ ޑރ. މުއިއްޒު ދެއްވި ތަޤުރީރަށް ރާއްޖޭގެ އެތައްބަޔަކު އަންނަނީ ތަޢުރީފުކޮށް މަރުހަބާ އާއި ހެޔޮއެދުންތައް ރައްދުކުރަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ފާއިޒް ވިދާޅުވި ފަދައިން ހަމަ ޙަޤީގަތުގައިވެސް މިއަދު ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަޤުރީރަކީ ހުރިހާ ގޮތަކުން ބާރުގަދަ އަދި ހިތްވަރުލިބިވަނިވި ، ޖަޒުބާތުން ފުރިފައިވާ އަސަރުގަދަ ތަޤްރީރެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.