ސިޔާސީ ޑރ. މުއިއްޒު ސަރުކާރުގެ އިސް 8 މަޤާމަކަށް ބޭފުޅުން ހަމަޖައްސަވައިފި

ޑރ. މުއިއްޒު ސަރުކާރުގެ އިސް 8 މަޤާމަކަށް ބޭފުޅުން ހަމަޖައްސަވައިފި

ޑރ. މުއިއްޒު ސަރުކާރުގެ އިސް 8 މަޤާމަކަށް ބޭފުޅުން ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާގެ މަޤާމުގެ ހުވާ މިދިޔަ ހުކުރުދުވަހު  ކުރައްވާ ރައީސްކަމާއި ހަވާލުވެ ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް 8 މަޤާމަކަށް ބޭފުޅުން ހަމަޖައްވައި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރައްވައިފިއެވެ.  

މިގޮތުން  މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސްގެ މަގާމަށް، ގަލޮޅު ވަށަފަރު އިޤްބާލް އާދަމް އައްޔަށް ކުރެއްވި އިރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މާފަންނު ކޮތަންމާގެ މުޙައްމަދު ޙުސައިން ޝަރީފް ވަނީ އައްޔަސް ކުރައްވާފައެވެ. މިދެބޭފުޅުންވެސް އައްޔަށް ކުރައްވާފައިވަނީ މިނިސްޓަރ ފެންވަރުގައެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް، މާފަންނު ލައިޓްކޯނަރ-4 ޑޮކްޓަރ މަޙްމޫދު ޝައުޤީއައްޔަށް ކުރެއްވި އިރު،  ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމްވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު ހިތިމާގެ ޑޮކްޓަރ ޢަލީ ޒާހިރު އައްޔަށް ކުރައްވާފައިވެއެވެ

ރައީސް އޮފީހުގައި ބޭއްވުނު މިރަސް މިއްޔާތުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައިވެސް 3 ބޭފުޅަކު ވަނީ ޢައްޔަނުކުރައްވާފައެވެ. އެގޮތުން ޗީފް އޮފް ސްޓާފް އެޓް ދަ ވައިސް ޕްރެސިޑެންޓްސް ރެޒިޑެންސްގެ މަގާމަށް، ތިލަދުންމަތީ އުތުރުބުރި ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަން އައްޔަށްކުރެއްވި އިރު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑޮކްޓަރ މުޙައްމަދު ކިނާނަތު ވަނީ އައްޔަސް ކުރައްވާފައެވެ. މީގެ އިތުރުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ގަލޮޅު ލިޓޯނިޔާ މުޙައްމަދު ޝަމްޢާން ވަޙީދު ވަނި އައްޔަން ކުރައްވާފައެވެ.

މުހުރިހާ ބޭފުޅުންނަށްވެސް މަޤާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ޓެގް

ޑރ.މުއިއްޒު ރައީސްއޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.