ޚަބަރު މުލަކު އަންހެނުން ކޮމިޓީގެ ބައި އެލެކްޝަން ޕީއެންސީ ކާމިޔާބު ކޮށްފި

މުލަކު އަންހެނުން ކޮމިޓީގެ ބައި އެލެކްޝަން ޕީއެންސީ ކާމިޔާބު ކޮށްފި

މުލަކު އަންހެނުން ކޮމިޓީގެ ބައި އެލެކްޝަން ޕީއެންސީ ކާމިޔާބު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މ. މުލަކު އަންހެނުން ކޮމިޓީގެ ގޮނޑި ޕީއެންސީއަށް ލިބިއްޖެއެވެ.


މުލަކު އަންހެނުންގެ ކޮމިޓީގެ އިންތިހާބު ބާއްވާފައިވަނީ އިއްޔެއެވެ. އެ ކޮމިޓީގެ މަގާމަށް ވާދަކުރައްވާފައިވަނީ 2 ކެންޑިޑޭޓުންނެވެ.

އެގޮތުން، ވާދަކުރެއްވި 2 ކެންޑިޑޭޓުންނަކީ، ސަރުކާރު ހިންގާ ޕީއެންސީ ގެ ފަރާތުން ވާދަކުރެއްވި ޒައީމާ އަބްދުއްރަޝީދު އާއި އަންހެނުންގެ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރެއްވި މަރިޔަމް ހަސަންއެވެ.

ނަތީޖާ
ޒައީމާ އަބްދުއްރަޝީދު – 243 ވޯޓު ލިބުނު
މަރިޔަމް ހަސަން – 229 ވޯޓު ލިބުނު
މ. މުލަކު އަންހެނުންގެ ކޮމިޓީ އިންތިހާބުގައި 1،322 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު، ވޯޓު ދިނީ 490 މީހުނެވެ. އަދި އެ އިންތިހާބުގައި 18 ބާތިލް ވޯޓު ގުނާފައިވެއެވެ. އަދި 472 ސައްހަ ވޯޓު ދީފައިވެއެވެ.

ޓެގް

މުލަކު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.