ޚަބަރު ސީރިއާ ހަނގުރާމައަށް ދިޔަ 21 ދިވެއްސަކު ރާއްޖެ ގެނެސްފި

ސީރިއާ ހަނގުރާމައަށް ދިޔަ 21 ދިވެއްސަކު ރާއްޖެ ގެނެސްފި

ސީރިއާ ހަނގުރާމައަށް ދިޔަ 21 ދިވެއްސަކު ރާއްޖެ ގެނެސްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއިން ސީރިއާ ހަނގުރާމައަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ ހަ މީހަކާއި 15 ކުޑަކުއްޖަކު ހިމެނޭހެން 21 ދިވެއްސަކު މިއަދު ފަތިހު ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެނެސްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސީރިއާ އަދި ތުރުކީ ބޯޑަރު ގުޅޭ ސަރަހައްދުގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހިފައި ތިބި ކަމަށާއި އެ މީހުން ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ މީހުން ރާއްޖެ ގެންނަން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ އެ މައުލޫމާތު ލިބުނު ހިސާބުން، އެ މީހުންނަކީ ދިވެހިންތޯ ކަށަވަރު ކުރަން މަސައްކަތް ފެށި ކަމަށެވެ.

އެގޮތުން، އޭނާ ވިދާޅުވީ ފުލުހުންނާއި ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު ގުޅިގެން އެ މަސައްކަތް ފެށިކަމަށާއި، އެކި ފަހަރު މަތިން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، އާއިލާތަކާ ބައްދަލުކޮށް އެސެސްމެންޓު ހެދުމަށްފަހު އެ މީހުންނަކީ ދިވެހިންތޯ ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓު ވެސް ހެދިކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ އެ މީހުންނަކީ ދިވެހިންކަން ކަށަވަރުވީ ގާތްގަނޑަކަށް އާ ސަރުކާރުން ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން ކަމަށާއި ރައީސް މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު އެ މީހުން ރާއްޖެ ގެނައުމުގެ މަޝްވަރާތައް ފެއްޓެވި ކަމަށެވެ.

މިއަދު ގެނެވުނު މީހުންގެ ތަފުސީލް ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެ އަށް އަނބުރާ ގެނައި، ފަސް އާއިލާއަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ހިމެނޭ 15 ކުޑަކުދިންނަކީ ފަސް އަންހެނަކަށް ލިބިފައިވާ ދަރިން ކަމަށާއި އެ ފަސް އަންހެނުންނާއި ދިވެހި ފިރިހެނަކު ވެސް އަނބުރާ ގެނައި ކަމަށެވެ.

ޓެގް

ސީރިއާ ޑރ.މުއިއްޒު ހޯމް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.