ބޭރުދުނިޔެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އިޒްރޭލުން ރުހުން ދީފި‏‎

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އިޒްރޭލުން ރުހުން ދީފި‏‎

ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އިޒްރޭލުން ރުހުން ދީފި‏‎

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ ސިޓީގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އިޒްރޭލުން މިދިޔަ ހުކުރު ދުވަހު ވަނީ ރުހުން ‏‏ދީފަ އެވެ‏‎.‎
‎”‎‏އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ރަފާހުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ރާވާފައިވާ ޕްލޭންތަކަށް ރުހުން ދެއްވާފައި ‏‏ކަމަށާއި،‎ ‎‎‏އެކަމަށް އަސްކަރިއްޔާ އިން ދަނީ އޮޕަރޭޝަނަލްކޮށް ތައްޔާރުވަމުން،” ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ‏‏ބުނެފައި ވެ އެވެ‏‎.‎
‎‏ފަލަސްތީނުގެ 1.4 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަފާގައި އަސްކަރީ އޮޕަރޭޝަނެއް ނުހިންގުމަށް ގިނަ ގައުމުތަކުން ‏‏ވަނީ‏‎ ‎‎‏އިޒްރޭލަށް އިންޒާރު ދީފަ އެވެ‏‎.‎
‎‏ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްވެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200‏‎ ‎‎‎‏އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭފަށާފައެވެ‏‎.‎
‎‏އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ޣައްޒާގައި މިހާތަނަށް 31،490 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ‏‏ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ‏‎.‎
‎‏އިސްރާއީލުން ވަނީ ފަލަސްތީނުގެ އެންކްލޭވް އަށް ވެސް ބޮޑެތި ހުރަސްތަކެއް އަޅައި، އެ ސަރަހައްދުގެ އާބާދީ، ހާއްސަކޮށް ‏‏ޣައްޒާގެ‏‎ ‎‎‏އުތުރުގެ ރައްޔިތުން ބަނޑުހައިހޫނުކަމެއްގެ ތެރެއަށް ވައްޓާލައިފައެވެ‏‎.‎
‎‏އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު،‎ ‎‎‏ކާބޯތަކެއްޗާއި ސާފު ‏‏ފެނާއި ބޭސް ފަރުވާގެ ވަސީލަތއްވެސް ހުއްޓުމަކަށް އައިސްފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރގެ 60‏‎ ‎‎‏އިންސައްތަ ‏‏ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ‏‎.‎
‎‏ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ. މިދިޔަ ޖެނުއަރީ މަހު ‏‏ނެރުނު‏‎ ‎‎‏ވަގުތީ ހުކުމެއްގައި އެކޯޓުންވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ ‏‏އަމަލުތައް‏‎ ‎‎‏ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ‏‎.‎

ޓެގް

ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.