ޚަބަރު ފަލަސްތީނުގެ މައްސަލައިގައި ލޯ މަރާލައިގެން ތިބެގެން ނުވާނެ: ރައީސް

ފަލަސްތީނުގެ މައްސަލައިގައި ލޯ މަރާލައިގެން ތިބެގެން ނުވާނެ: ރައީސް

ފަލަސްތީނުގެ މައްސަލައިގައި ލޯ މަރާލައިގެން ތިބެގެން ނުވާނެ: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ މައްސަލައިގައި ލޯ މަރާލައިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯނު ފެށުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި މައްސަލަ އަކީ ފަލަސްތީނާއި އިޒްރޭލާއި އޮތް މައްސަލައެއްކަމަށް ބަލާ ލޯ މަރާލައިގެން ތިބެގެން ނުވާނެ ކަމަށާއި، މިއީ ކޮންމެ މުސްލިމެއްގެވެސް ހައްގެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

އަދި އިތުރުން ވެހިންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަން ފާހަގަކޮށް އެކި ފުރުސަތުގައި އެކި ގޮތްގޮތަށް އެހީވަމުންދާއިރު ދިވެހިންގެ އަޑު އިއްވެން އޮތް ގޮތަކަށް އިއްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި މަސައްކަތް އެއަށްވުރެ މަތީ ފަންތީއަކަށް ގެންދަން އެބަ ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގައި ފަލަސްތީނާއި އެއްކޮށް ވާހަކަ ނުދައްކާ ތިބި ފަރާތްތަކުން ވެސް ފާޅުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާތަން ފެންނަ ކަމަށާއި އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މުސްލިމުންގެ ސިފައަކީ އެއް މުސްލިމަކަށް ދިމާވާ ކޮންމެ ކަމެއްގައި މުޅި އުއްމަތް ޝާމިލްވުން ކަމަށާއި އެއީ ދީނުގައި އެކަން އޮތް ގޮތް ކަމަށެވެ. ހަށިގަނޑުގެ އެންމެ ކުޑަތަންކޮޅަކަށް ތަދުވިޔަސް މުޅި ހަށިގަނޑު އެކަމުގައި ވޭން އަޅާނެކަން މިސާލެއްގެ ގޮތުގައި ދަސްކޮށްދީފައި އޮންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ މުސްލިމުންގެ އުއްމަތުގެ ސިފަ ކަމަށް ވެސް ވިދާޅުވިއެވެ.

ފަލަސްތީނާއެކު ދިވެހިން ޓެލެތޯނު ފެށުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން، މަޖިލީސް ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރަސްމިއްޔާތުގައި ސަރުކާރުގެ ގިނަ އަދަދެއްގެ ވެރިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޓީވީއެމްގައި ބަހައްޓާފައިވާ ފަންޑް ފޮއްޓަށް ފައިސާ ހަދިޔާ ކުރައްވާފައިވެއެވެ.

ޓެގް

ޓެލެތޯން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަލަސްތީނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.