ޚަބަރު އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހްނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހްނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހްނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހްނިޔާ ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ)ގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އިސްވެރިންނާއި މެންބަރުންނަށް ދަންނަވާ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ) އުފެދުނީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެމްޑީޕީއަކީ ދިވެހިރާއްޖޭގައި މިހާރު މިއޮތް ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ތެރެއިން އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަން ފާހަގަ ކޮށްލެވެއެވެ.

2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށްފަހު އެ ޕާޓީއިން ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.