ޚަބަރު ޗައިނާގެ އުތުރުގެ ސަރަޙައްދެއްގައި ބްރިޖެއް ވެއްޓި 11 މީހުން މަރުވެއްޖެ

ޗައިނާގެ އުތުރުގެ ސަރަޙައްދެއްގައި ބްރިޖެއް ވެއްޓި 11 މީހުން މަރުވެއްޖެ

ޗައިނާގެ އުތުރުގެ ސަރަޙައްދެއްގައި ބްރިޖެއް ވެއްޓި 11 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޗައިނާގެ އުތުރުގެ ސަރަޙައްދެއްގައި ބްރިޖެއް ވެއްޓި މަދުވެގެން 11 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ސަރުކާރުގެ މީޑިއާއިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ އުތުރު-ހުޅަނގު ސަރަހައްދުގައިވާ ޝާންޝީ ޕްރޮވިންސްގައި ހައިވޭ ބްރިޖެއްގެ ބައެއް ވެއްޓި، މަދުވެގެން 11 މީހުން ވަނީ މަރުވެ އެތައްބަޔަކަށްވަނީ އަނިޔާވެފައެވެ.

ޝާންލޯ ސިޓީގެ ޒާޝުއި ކައުންޓީގައި ހުރި މި ބްރިޖް ވެއްޓުނީ ހުކުރު ދުވަހުގެ ރޭ 8:40 ހާއިރު، ކުއްލިއަކަށް ވެހުނު ބޯވާރޭއާއި ފެންބޮޑުވުމުގެ ސަބަބުންނެވެ.

މިކަން ޕްރޮވިންސްގެ ޕަބްލިސިޓީ ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ.
ސަލާމަތްކުރުމުގެ މަސައްކަތްތައް ރެސްކިއު ޓީމްތަކުން ކުރިއަށްދާއިރު، ކޯރުން ފަސް އުޅަނދު ވަނީ ނަގާފައެވެ. އަދި ދިރި ތިބި މީހުންނާ ހަމައަށް ވާސިލުވުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ސަލާމަތްކުރުމުގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

ޓެގް

ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.