ޚަބަރު ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކުރުމަށް ރައީސް ނިންމަވައިފި

ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކުރުމަށް ރައީސް ނިންމަވައިފި

ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކުރުމަށް ރައީސް ނިންމަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ ވެރިންގެ މުސާރަ ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިފަދައިން ނިންމަވާފައި މިވަނީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގްސަދުގައެވެ.
އެގޮތުން، ސިޔާސީ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށް ވެސް ވަނީ ނިންމަވާފައެވެ. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ވެސް ރައީސް ނިންމަވާފައިވެއެވެ.

ސަރުކާރުގެ ރީފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަކުރުމަށް އެކި ވުޒާރާތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ރައީސް ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހު ނިންމަވާފައެވެ.

ސަރުކާރުގެ އެކި ވުޒާރާ ތަކުގައި ތިބި 228 ސިޔާސީ މުވައްޒަފުން ވަކި ކުރުމާއެކު ދައުލަތުގެ ބަޖެޓުން މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އެއީ އަހަރަކަށް ބަލާނަމަ 68.6 މިލިއަން ރުފިޔާއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.