ބޭރުދުނިޔެ ޣައްޒާގެ ސްކޫލަކަށް އިޒްރާއީލުން ދިން ހަމަލާއެއްގައި 17 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ސްކޫލަކަށް އިޒްރާއީލުން ދިން ހަމަލާއެއްގައި 17 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ސްކޫލަކަށް އިޒްރާއީލުން ދިން ހަމަލާއެއްގައި 17 މީހުން ޝަހީދުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޣައްޒާގެ ނުސެއިރާތް ކޭމްޕްގައި ހުރި ސްކޫލަކަށް އިޒްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން ފަލަސްތީނުގެ 17 މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 11 މަހުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. މީގެ އިތުރުން 32 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަމަލާ ދިން ސްކޫލަކީ އިޒްރާއީލްގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް ހިޔާވަހިކަން ހޯދުމަށް ބަދަލުކޮށްފައިވާ ތަނެކެވެ.

މި ހަމަލާއާއެކު ޖަބާލިޔާ އަދި އުތުރު ޣައްޒާއަށް އިޒްރާއީލުން ދެމުންދާ ހަމަލާތަކަށް މިވަނީ މެދުނުކެނޑި 20 ވަނަ ދުވަހާ ހަމައަށް އައިސްފައެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި މި ހަމަލާތަކުގައި ފަލަސްތީނުން 770 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 1،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އަނެއްކޮޅުން ލުބުނާންގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިޒްރާއީލުން ދިން 17 އަށްވުރެ ގިނަ ހަމަލާގައި މަދުވެގެން އެކަކު ޝަހީދުވެ، ފަސް މީހުން ޒަޚަމްވެފައިވެއެވެ. މި ހަމަލާތަކުގައި ހަ އިމާރާތެއް ވަނީ ފުޑުފުޑުވެފައެވެ. އަދި މި ހަމަލާތައް ދީފައިވަނީ އެއްވެސް އިންޒާރެއް ނުދީކަން ފާހަގަކުރެވެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އިޒްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 42،847 މީހުން ޝަހީދުވެ، 100،544 މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޓެގް

އިސްރާއީލް ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.