ބޭރުދުނިޔެ ފަލަސްޠީނަށް ތާއީދުކުރާ ބަޔަކު ކަމަލާ ހެރިސްގެ ތަޤްރީރަށް ހުރަސްއަޅައިފި

ފަލަސްޠީނަށް ތާއީދުކުރާ ބަޔަކު ކަމަލާ ހެރިސްގެ ތަޤްރީރަށް ހުރަސްއަޅައިފި

ފަލަސްޠީނަށް ތާއީދުކުރާ ބަޔަކު ކަމަލާ ހެރިސްގެ ތަޤްރީރަށް ހުރަސްއަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސް ހޯމަ ދުވަހު ރިޔާސީ ކެމްޕޭން ރެލީއެއްގައި ދެއްކެވި ވާހަކަފުޅަށް ފަލަސްޠީނަށް ތާއީދުކުރާ ބަޔަކު ހުރަސްއަޅައިފިއެވެ.

އިންތިޚާބީ ވާދަ ގަދަ ސްޓޭޓް މިޝިގަންގައި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، “އިޒްރޭލް ބޮން އަޅައި، ކަމަލާ ފައިސާ ދައްކައި، ކިތައް ކުދިންތަ މަރާނީ މިއަދު؟” ގޮވަމުން ބަޔަކު ހުރަސްއެޅިއެވެ.

އޭގެފަހުން އެ ފަރާތްތައް ވަނީ އިވެންޓުން ބޭރަށް ނެރެފައެވެ.

މިޝިގަންގެ އެކްޓިވިސްޓުން ވަނީ ބައިޑެން-ހެރިސް ސަރުކާރުން އިޒްރޭލަށް ދެމުންދާ އަސްކަރީ އެހީ ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ހެރިސް ވަނީ މިޝިގަންގެ ވޯޓަރުންނަށް އަވަހަށް ވޯޓުލުމަށް ގޮވާލާފައެވެ

މިޝިގަންގެ އެކްޓިވިސްޓުން ވަނީ ބައިޑެން-ހެރިސް ސަރުކާރުން އިޒްރާއީލަށް ދެމުންދާ އަސްކަރީ އެހީ ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ހެރިސް ވަނީ މިޝިގަންގެ ވޯޓަރުންނަށް އަވަހަށް ވޯޓުލުމަށް ގޮވާލާފައެވެ.

މިޝިގަންގައި ތިޔަބޭފުޅުން އަވަހަށް ވޯޓުލުން އަޅުގަނޑުމެންނަށް ބޭނުންވޭ. އަޅުގަނޑުމެންނަށް އޮތީ އެންމެ 8 ދުވަސް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އިންތިޚާބުތަކުގެ ތެރެއިން އެއް އިންތިޚާބުގެ 8 ދުވަސް. އަދި މިތާ ތިއްބެވި އެންމެންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިއީ އެންމެ ފަހުގެ ވަގުތާ ހަމައަށްވެސް ވަރަށް ވާދަވެރި ވާދައެއް އޮންނާނެ އިންތިޚާބެއް. އެހެންވީމާ އަޅުގަނޑުމެންގެ ކުރިމަތީގައި ވަރަށް ގިނަ މަސައްކަތް އެބައޮތް. އެކަމަކު އަޅުގަނޑުމެން ދެކެނީ މަސައްކަތަކީ ހިތްހަމަޖެހޭ އެއްޗެއްގެ ގޮތުގައި،” އޭނާ ވިދާޅުވިއެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.