ބޭރުދުނިޔެ ޣައްޒާގައި ކުޑަކުދިން އެޑްމިޓްކުރާ އަދަދު މަހަކު 4،000 އަށް

ޣައްޒާގައި ކުޑަކުދިން އެޑްމިޓްކުރާ އަދަދު މަހަކު 4،000 އަށް

ޣައްޒާގައި ކުޑަކުދިން އެޑްމިޓްކުރާ އަދަދު މަހަކު 4،000 އަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޣައްޒާގައި ފަރުވާ ހޯދުމަށް އެޑްމިޓްކުރާ ކުޑަކުދިންގެ އަދަދު ޖުލައި މަހުން ފެށިގެން މަހަކު 4،000 އަށް އިތުރުވެފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ، އިންސާނީ އެހީތެރިކަމުގެ ކަންތައްތައް ވިލަރެސްކުރާ އޮފީހުގެ (އޯޗާ) މަޢުލޫމާތުތަކަށް ބަލާއިރު، ކުޑަކުދިންގެ ކެއުމުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ ސްކްރީނިންގތައް އެކަށީގެންވާ ވަރަށް ނުކުރެވޭ ކަމަށެވެ. މިކަމުގެ ސަބަބަކީ އެ ސަރަޙައްދަށް ވަނުމަށް ހުރި ގޮންޖެހުންތަކެވެ.
“2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި މިހާތަނަށް 151،000 އަށްވުރެ ގިނަ ސްކްރީނިންގ ހަދާފައިވޭ. މިއީ ޣައްޒާގައި ތިބި ފަސް އަހަރުން ދަށުގެ 346،000 ކުދިންގެ ތެރެއިން,” ޑުޖާރިކް ވިދާޅުވިއެވެ.
ޣައްޒާގައި ކާބޯތަކެތީގެ ދަތިކަން ޙައްލުކުރުމަށް އދ. އާއި އެހެނިހެން ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޑުޖާރިކް ވިދާޅުވީ، ޑެއިރް އަލް ބަލާޙްގައި 25 ކިލޯގެ ފުށުގެ ކޮތަޅެއްގެ އަގު 280 ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި ޚާން ޔޫނިސްގައި މި އަގު 245 ޑޮލަރަށް އަރާފައިވާ ކަމަށެވެ.
“ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވެސް ބަނޑުހައިހޫނުކަން އިތުރުވަމުންދާތީ، އިތުރު ކާބޯތަކެތި ވަގުތުން ވައްދަން ޖެހޭ,” ޑުޖާރިކް ވިދާޅުވިއެވެ.
އދ. ގެ ފަލަސްޠީނު ރެފިއުޖީންނާބެހޭ އޭޖެންސީ (އަންރުވާ) ގެ ބައެއް އޮފިޝަލުންނަކީ ޙަމާސްގެ މެންބަރުން ކަމަށް ބުނެ ނިއު ޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކާ ގުޅޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޑުޖާރިކް ވިދާޅުވީ، އެ ރިޕޯޓާ ގުޅޭ ގޮތުން އދ. އިން ނިއު ޔޯކް ޓައިމްސްއާ ގުޅާފައިވާ ކަމަށެވެ.
“ކަންބޮޑުވާންޖެހޭ ކަމަކީ އިޒްރާއީލުގެ ސަލާމަތީ އިދާރާތަކުން މި މަޢުލޫމާތު ނިއު ޔޯކް ޓައިމްސްއާ ހިއްސާކޮށްފައިވުން. އަންރުވާއަށް މިފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ، އެ ފަރާތުން ވަގުތުން ފިޔަވަޅު އަޅާނެ,” ޑުޖާރިކް ވިދާޅުވިއެވެ.

ޓެގް

އިސްރާއީލް ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.