ސީރިއާގެ އިދިކޮޅު ޖަމާއަތްތަކުން ސީރިޔާގެ ވެރިކަން ވައްޓާލައި، ސެޑްނާޔާ އާއި ދިމިޝްގާއި އަދިވެސް އެހެން ނުރައްކާތެރި ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުން މިނިވަންކުރުމާ ގުޅިގެން އެނބުރި ގައުމަށް ދިޔަ ލުބުނާނުގެ ރައްޔިތެއް ކަމަށްވާ ސުހެއިލް ހަމާވީ ވަނީ 33 އަހަރު ވަންދެން ބަންދުގައި ބަހައްޓާފައި ވަނިކޮށް ކުރިމަތިވި ހިތާމަވެރި ހާދިސާ ނޫސްވެރިންނާ ހިއްސާކޮށްފައެވެ.
ބައްޝާރުލް އަސަދުގެ ސަރުކާރުން ވަނީ “މަރުގެ ހަބް” ގެ ނަމުން ނަންދީފައިވާ އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ގިނަ ޓޯޗާ ސެންޓަރުތަކެއް ހިންގާފަ އެވެ.
އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށަށް ސީރިއާ ދިއުމާ ގުޅިގެން ސެޑްނާޔާ އާއި އެހެނިހެން ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކޮށްފައި ތިބި ސަރުކާރާ ދެކޮޅު ގައިދީން ވަނީ މިނިވަންކޮށްފަ އެވެ.
އޭގެ ތެރޭގައި އަނިޔާވެރި އަނިޔާގެ އަމަލުތަކުގެ ސަބަބުން “އިންސާނީ ކަތިލާ ތަނެއް” ގެ ގޮތުގައި މަޝްހޫރުސެޑްނާޔާއިން ދޫކޮށްލި ހަމާވީ ވެސް ހިމެނެ އެވެ.
އެތައް ހާސް ބަޔަކަށް އަނިޔާކުރި އަސަދުގެ ސަރުކާރުގެ ޝިކާރައަކަށްވެފައިވާ ހަމަވީ އަސަދުގެ ސަރުކާރުން އޭނާ ވަގަށް ނެގީ 1991 ވަނަ އަހަރު ލުބުނާނުގައި ސީރިއާ ސިފައިންނެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށް ސީރިއާގެ އެކި ޖަލުތަކަށް ބަދަލުކުރި އެވެ.
1976 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް ސީރިޔާއިން ލުބްނާނަށް ވެރިވެގަތުމާ ދެކޮޅު ހެދުމުގެ ތުހުމަތު ކުރެވޭ ހަމާވީއަށް ވަނީ 33 އަހަރުގެ ލާއިންސާނީ ޖަލު ހުކުމެއް އިއްވާފައެވެ.
“ދުވަހަކުވެސް އަމިއްލަ ވަޒަނާއި އާއިލާއަށް އެނބުރި އަންނާނެ ކަމުގެ އުއްމީދެއް ނެތް” ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަމާވީ ވަނީ އޭނާގެ މިނިވަންކަން އަލުން ހޯއްދައިދިނީތީ އެކަމުގައި ޝާމިލްވި ފަރާތްތަކަށް ޝުކުރުއާދާކޮށްފައެވެ.
ލުބްނާނުގައި ސީރިޔާގެ އަސްކަރިއްޔާ އޮތުމާ ދެކޮޅު ހެދުމުގެ ކުށުގައި 1991 ވަނަ އަހަރު ސީރިޔާގެ އިންޓެލިޖެންސުން ހައްޔަރުކުރި އެތައް ސަތޭކަ ލުބުނާނުގެ މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ.
ސީރިއާގެ ޖަލުތަކުގައި އޭނާއަށް ކުރިމަތިވި ހީވެސް ނުކުރެވޭ ވަރުގެ ހިތާމަތައް ހަމާވީ ކިޔައިދިނެވެ.
“އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ސެޑްނާޔާގައި. މިއަދު އަޅުގަނޑު އެނބުރި މިއައީ މީގެ 33 އަހަރު ކުރިން ސީރިޔާ ސިފައިން އަހަރެން ހިފެހެއްޓި ތަނަކީ އަޅުގަނޑުގެ އުފަން ރަށް ޗެއްކާއަށް،” އޭނާ ކިޔައިދިނެވެ.
ލުބްނާނާއި ސީރިއާގެ ބޯޑަރު ކައިރީގައި އޮންނަ ބެކާ ވާދީގައި ހުންނަ އަންޖާރު ޑިޓެންޝަން ސެންޓަރަށް އެންމެ ފުރަތަމަ ބަދަލުކުރި ނަމަވެސް ފަހުން އޭނާ ވަނީ ސެޑްނާޔާއަށް ފޮނުވުމުގެ ކުރިން ދިމިޝްގާއި ލަޓާކިއާގެ ޑިޓެންޝަން ސެންޓަރުތަކަށް ބަދަލުކޮށްފަ އެވެ.
“ސެޑްނާޔާގެ ޝެއާޑް ސެލްއެއްގައި ބެހެއްޓުމުގެ ކުރިން 15 އަހަރު އެކަހެރި ޖަލުގައި ހޭދަކުރީ. ކޮންމެ ދުވަހަކީ ވެސް އަނިޔާގެ ދުވަހެއް، އަހަރެން ހިފެހެއްޓުނު ވަގުތުން ފެށިގެން އަހަރެން ލީ ކޮންމެ ނޭވާއަކަށް ހީވީ ވޭންތަކެއް ހެން، ދެން ދުވަހަކުވެސް އާއިލާ ފެންނާނެ ކަމުގެ އުއްމީދެއް ނެތް، އާއިލާގެ މީހަކު ވިޔަސް ރައްޓެއްސެއްވިޔަސް ޒިޔާރަތްކުރުމަކީ މުޅިން މަނާ ކަމެއް، ބޭރު ދުނިޔެއާ އެއްވެސް ގުޅުމެއް ނޯންނާނެ،” އޭނާ ކިޔައިދިނެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނި ގޮތުގައި ހަމާވީ އަކީ އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ދޫކޮށްލުމަށްފަހު އެނބުރި ގައުމަށް ދިޔަ ލުބުނާނުގެ ފުރަތަމަ ރައްޔިތެވެ.
އެސޯސިއޭޝަން އޮފް ލުބްނާނުގެ ޕޮލިޓިކަލް ޕްރިޒަނަރސް އިން ސީރިއަން ޕްރިޒަންސް އިން އަންދާޒާކުރާ ގޮތުގައި ލުބުނާނުގެ 622 ރައްޔިތަކު ސީރިއާގެ ޑިޓެންޝަން ސެންޓަރުތަކުގައި މަޖުބޫރުކޮށް ގެއްލުވާލާފައިވާ ކަމަށެވެ. ގިނަ ބަޔަކު ވަގަށް ނެގީ ސީރިއާއިން 29 އަހަރު ވަންދެން ލުބްނާނަށް ވެރިވެގަތް ދުވަސްވަރުއެވެ.
މި މުއްދަތުގެ ތެރޭގައި ސޫރިޔާގެ އަސްކަރިއްޔާއާ ދެކޮޅު ހަދާކަމަށް ނުވަތަ ސަރުކާރާ ދެކޮޅު ޖަމާއަތްތަކާ ގުޅިގެން ލުބުނާނުގެ ގިނަ ރައްޔިތުންތަކެއް ސަރުކާރުން ވަނީ ހިފަހައްޓާފައެވެ.
ދިމިޝްގުގެ އުތުރުން 30 ކިލޯމީޓަރު (18.6 މޭލު) ދުރުގައި އޮންނަ ސެޑްނާޔާ ޖަލަކީ 2011 ވަނަ އަހަރުގެ ބަޣާވާތަށް ފަހު ވެރިކަމާ ދެކޮޅު އެކްޓިވިސްޓުންނާއި އަސްކަރީ ވާދަވެރިންގެ ޑިޓެންޝަން ސެންޓަރަކަށް ވެފައިވާ ކަމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ރިޕޯޓްތަކުން ދައްކާ ތަނެކެވެ. އަސަދުގެ ސަރުކާރުގެ ދިފާއީ ވުޒާރާގެ ވެރިކަމުގައި އެ ޖަލަކީ ސިސްޓަމެޓިކް އަނިޔާއާއި ބޮޑެތި މަރުގެ އަދަބުތައް ދިނުމުގައި ބަދުނާމުވެފައިވާ ޖަލެކެވެ.
2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ކޮންމެ ހަފުތާއަކު ނުވަތަ ދެ ހަފުތާއަކު 50 މީހަކު މަރުގެ އަދަބު ދީފައިވާއިރު، ހިމޭންކަމާއި ސިއްރުކޮށްގެން މަރުގެ އަދަބު ދީފައިވެއެވެ. ޤައިދީންނަށް ކުރިމަތިވެފައިވަނީ ލާއިންސާނީ ޙާލަތްތަކާއި ތަކުރާރުކޮށް އަނިޔާދިނުމާއި ކާބޯތަކެއްޗާއި ފެނާއި ބޭހާއި ބޭސްފަރުވާގެ ކަންކަން ވިސްނުންތެރިކަމާއެކު ނުލިބުމެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން 2017 ވަނަ އަހަރު ކުރި ތަހުގީގެއްގައި ބުނެފައި ވަނީ ސެޑްނާޔާގައި ހިންގި ޖަރީމާތަކުގެ ތެރޭގައި އަނިޔާ ކުރުމާއި ބޮޑެތި މަރުގެ އަދަބު ދިނުމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށެވެ. މިއީ އަސަދުގެ ސަރުކާރުން އާންމުންނާ ދެކޮޅަށް ނިޒާމީ ގޮތުން ހިންގާ ހަމަނުޖެހުންތަކުގެ ފުޅާ ސިޔާސަތުގެ ދަށުން ހިންގާފައިވާ އަމަލުތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...