ބޭރުދުނިޔެ ޣައްޒާގެ ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ޔުނިސެފުން އިލްތިމާސްކޮށްފި

ޣައްޒާގެ ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ޔުނިސެފުން އިލްތިމާސްކޮށްފި

ޣައްޒާގެ ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ޔުނިސެފުން އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޣައްޒާގައި ކުޑަކުދިންނަށް ކޮންމެ ދުވަހަކު އެތައް އަނިޔާއެއް ލިބި ލޭއޮހޮރުވުންތައް ކުރިމަތިވަމުންދާތީ، މިކަމާ މެދު ފިޔަވަޅު އެޅުމަށް އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން އިލްތިމާސްކޮށްފިއެވެ.

ޔުނިސެފްގެ އިސްވެރިޔާ ކެތަރިން ރަސެލް ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިހާ ގިނަ ކުޑަކުދިން ކޮންމެ ދުވަހަކު ލޭއޮހޮރުވުމާއި، ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި އަދި ފިނިކަމާ ކުރިމަތިލާންޖެހޭއިރު، ދުނިޔެއަށް މިކަމާ އަޅައިނުލައި ދުރަށް ނުދެވޭނެ ކަމަށެވެ.

“އަޅުގަނޑުމެން އަވަސް ގޮތެއްގައި ހަނގުރާމައިގެ ހުރިހާ ފަރާތްތަކަށާއި، އެފަރާތްތަކަށް ނުފޫޒު ފޯރުވޭ ފަރާތްތަކަށް ގޮވާލަނީ ކުޑަކުދިންގެ ވޭނަށް ނިމުމެއް ގެނައުމަށް، ހުރިހާ ރަހީނުން ދޫކޮށްލުމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަދި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ނިންމުންތަކެއް ނިންމުމަށް،” ކެތަރިން ރަސެލް ވިދާޅުވިއެވެ.
ރަސެލް ފާހަގަކުރެއްވި ގޮތުގައި ބުރާސްފަތި ދުވަހު މެދު ޣައްޒާގެ ނުސައިރާތު ކޭމްޕަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގައި މަދުވެގެން 8 ކުޑަކުދިން ހިމެނޭ ގޮތަށް 33 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ނޮވެމްބަރު މަހުގެ ފެށުނީއްސުރެ ދުވާލަކު އެވްރެޖްކޮށް 4 ކުޑަކުދިން ޝަހީދުވަމުންދާ ކަމަށާއި، މިއީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 160 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށެވެ.

ވޭތުވެދިޔަ 14 މަސްދުވަހުގެ ތެރޭގައި 14,500 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށާއި، ޣައްޒާގައި ދިރިއުޅޭ 1.1 މިލިއަން ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކުދިންނަށްވެސް ރައްކާތެރިކަމާއި ނަފްސާނީ އެހީތެރިކަން އަވަސް ގޮތެއްގައި ބޭނުންވެފައިވާ ކަމަށް ރަސެލް ފާހަގަކުރެއްވިއެވެ.

“ޣައްޒާގައި ކުޑަކުދިންނަށް އެއްވެސް ރައްކާތެރި ތަނެއް ނެތް. އަދި ކާނާ، ސާފު ފެން، ބޭސްފަރުވާގެ ތަކެއްޗާއި، ފިނިމޫސުމުގައި ބޭނުންކުރާނެ ހޫނު ހެދުންފަދަ އަސާސީ ބޭނުންތައް ނެތުމުގެ ސަބަބުން އެއްވެސް ވަރެއްގެ ސްޓެބިލިޓީއެއް ނެތް” ރަސެލް ވިދާޅުވިއެވެ.

ޓެގް

ޔުނިސެފް ޣައްޒާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.