ބޭރުދުނިޔެ ރަޝިއާގެ ތެޔޮ އެންމެގިނައިން ގަންނަ ގައުމަކަށް ސައޫދީ

ރަޝިއާގެ ތެޔޮ އެންމެގިނައިން ގަންނަ ގައުމަކަށް ސައޫދީ

ރަޝިއާގެ ތެޔޮ އެންމެގިނައިން ގަންނަ ގައުމަކަށް ސައޫދީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަޝިޔާގެ ކަނޑުމަގުން އެކްސްޕޯޓްކުރާ ފިއުލް އޮއިލް އަދި ވެކިއުމް ގެސްއޮއިލް (ވީޖީއޯ) ގެ އެންމެ ގިނައިން ގަންނަ ފަރާތަކަށް ނޮވެމްބަރު މަހު ވެފައިވަނީ ސައުދީ އަރަބިއްޔާކަން އެލްއެސްއީޖީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރޮއިޓަރސްއިން އެލްއެސްއީޖީގެ ތަފާސްހިސާބުތަކަށް ބިނާކޮށް ހެދި ހިސާބުތަކުން ދައްކާގޮތުގައި، ނޮވެމްބަރު މަހު ރަޝިޔާއިން ފިއުލް އޮއިލް އަދި ވީޖީއޯ އެކްސްޕޯޓްކުރި މިންވަރު 6 އިންސައްތަ އިތުރުވެ، ގާތްގަނޑަކަށް 4.26 މިލިއަން މެޓްރިކް ޓަނަށް އަރާފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަނުން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާގެ ތެލުގެ އުފެއްދުންތަކަށް ފުރިހަމަ އެމްބާގޯއެއް ތަންފީޒުކުރުމާ ގުޅިގެން، އޭޝިއާގެ ޤައުމުތަކަކީ ރަޝިޔާގެ ފިއުލް އޮއިލް އަދި ވީޖީއޯގެ އެންމެ ބޮޑެތި ގަންނަ ފަރާތްތަކަށް ވެފައިވެއެވެ.

އިންޑިއާއަކީ މިހާރު ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ ފަރާތެއް ނޫންކަން ފާހަގަކުރެވެއެވެ. ސެންޓަރ ފޮރ ރިސަރޗް އޮން އެނަރޖީ އެންޑް ކްލީން އެއަރ (ސީއާރްއީއޭ) އިން ބުނާގޮތުގައި، ރަޝިޔާއިން ތެޔޮ ޑިސްކައުންޓް އަގުގައި ވިއްކަމުން ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އިންޑިއާއިން ރަޝިޔާގެ ތެޔޮ އިމްޕޯޓްކުރި މިންވަރު 55 އިންސައްތަ ދަށްވެފައިވެއެވެ. މިއީ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެންމެ ދަށް މިންވަރެވެ.

އިންޑިއާއިން ފަހަކަށްއައިސް ތެލުގެ ސަޕްލައި އެކި ފަރާތްތަކުން ހޯދުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، ފާއިތުވި މަހު ގުޔާނާއަށް ކުރެއްވި ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައިވަނީ، އެ ޤައުމުގެ ސަރުކާރުން ގުޔާނާއަކީ އިންޑިއާގެ ހަކަތައިގެ ރައްކާތެރިކަމަށް މުހިންމު ޤައުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ގުޔާނާގެ ޕާލިމެންޓުގެ ޚާއްޞަ ޖަލްސާއެއްގައި މޯދީ ވިދާޅުވެފައިވަނީ، ގުޔާނާއަކީ އިންޑިއާއަށް މުހިންމު ހަކަތައިގެ މަޞްދަރެއްގެ ގޮތުގައި ދެކޭ ކަމަށާއި، އިންޑިއާގެ ބޮޑެތި ވިޔަފާރިތަކުން އެ ޤައުމުގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވާނެ ކަމަށެވެ.

ރަޝިޔާއާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ގުޅުން ގޯސްވުމާ ހެދި، ރަޝިޔާގެ ތެލުގެ ވިޔަފާރީގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަނުން ރަޝިޔާގެ ތެލަށް ދަތިތަކެއް ކުރިމަތިކުރުމާ ގުޅިގެން، ރަޝިޔާއިން ވަނީ އޭޝިއާގެ ބާޒާރުތަކަށް އަމާޒު ހިފާފައެވެ. މީގެ ސަބަބުން، ޚާއްޞަކޮށް އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުމުގެ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް، މިހާރު ސައުދީ އަރަބިއްޔާ ރަޝިޔާގެ ތެލުގެ އެންމެ ބޮޑު ގަންނަ ފަރާތަކަށް ވުމަކީ، ބައިނަލްއަޤްވާމީ ތެލުގެ ބާޒާރުގައި އަންނަމުންދާ އިތުރު ބަދަލުތަކެއްގެ ނިޝާނެއް ކަމުގައި ބެލެވެއެވެ.

ޓެގް

ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.