ބޭރުދުނިޔެ ރަޝިޔާ އާއި ޔުކްރެއިން ކަޅު ކަނޑުގައި ދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ރަޝިޔާ އާއި ޔުކްރެއިން ކަޅު ކަނޑުގައި ދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ރަޝިޔާ އާއި ޔުކްރެއިން ކަޅު ކަނޑުގައި ދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަޢޫދީ އަރަބިއްޔާގައި ބޭއްވުނު މަޝްވަރާތަކަކަށްފަހު، ރަޝިޔާ އާއި ޔުކްރެއިން ކަޅު ކަނޑުގައި ދުއްވާ އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލުމަށާއި، ހަކަތައިގެ ވަސީލަތްތަކަށް ދެމުންދާ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާއިން އިއުލާނުކޮށްފިއެވެ.

ވައިޓް ހައުސްއިން އަންގާރަ ދުވަހު ބުނެފައިވަނީ، މޮސްކޯ އާއި ކީވްއިން ވަކިވަކިން “ބްލެކް ސީގައި ރައްކާތެރިކަމާއެކު ދަތުރުފަތުރުކުރުމަށް މަގުފަހިކޮށްދިނުމަށާއި، ބާރުގެ ބޭނުންކުރުން ހުއްޓާލުމަށާއި، ވިޔަފާރި އުޅަނދުތައް އަސްކަރީ ބޭނުންތަކަށް ބޭނުންކުރުން ހުއްޓާލުމަށް” އެއްބަސްވެފައިވާ ކަމަށެވެ.
މި އެއްބަސްވުންތަކަކީ ތިން އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި ފުޅާ ހުއްޓުމަކާ ދިމާއަށް އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމުގައި ވެދާނެއެވެ. ނަމަވެސް މި އެއްބަސްވުން ތަންފީޒުކުރަން ފަށާނީ ކޮން އިރަކުންކަމާއި، އެކަން ކުރިއަށްދާނީ ކިހިނެއްކަން ސާފެއް ނުވެއެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ މުޅި އެއްބަސްވުން ވަގުތުން ތަންފީޒުވާނެ ކަމަށެވެ. އެހެންނަމަވެސް މޮސްކޯއިން ބުނެފައިވަނީ ބްލެކް ސީގެ ހުއްޓުން އަމަލީ ސިފަ އަންނާނީ ވަކި ފިޔަވަޅުތަކެއް އުވާލުމުންކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ މިލްކިއްޔާތުގައިވާ ދަނޑުވެރިކަމުގެ ބޭންކަށް އަމާޒުކޮށްފައިވާ ފިޔަވަޅުތައް ހިމެނެއެވެ. އަދި ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން މެދުކަނޑާލާފައިވަނީ މިދިޔަ ހަފްތާއިން ފެށިގެންކަމަށް ބުނެފައިވެއެވެ.

“އަޅުގަނޑުމެންގެ އެއްބަސްވުންތައް އަމަލީ ސިފަ އަންނާނީ އެމެރިކާއިން އެކަން އިއުލާނުކުރުމުންކަމަށް އެމެރިކާއިން ދެކެނީ،” ޒެލެންސްކީ ކީވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ. އަދި މޮސްކޯއިން މި އެއްބަސްވުމަށް އިޙްތިރާމްކުރާނެކަމަށް އުންމީދު ނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީ މި ވަގުތީ ހުއްޓުމަކީ “ރަނގަޅު ފިޔަވަޅުތަކެއް” ގެ ގޮތުގައި ސިފަކުރައްވައި، ޔުކްރެއިން އަދި އެމެރިކާގެ އިސްވެރިން “ޔޫރަޕުން ނުވަތަ މިސާލަކަށް ތުރުކީން” ތިންވަނަ ފަރާތަކުން ކަނޑުގެ ހުއްޓުން ބެލެހެއްޓުމަށާއި، “މެދުއިރުމަތިން” ނުވަތަ އެހެން ފަރާތަކުން ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުން މޮނިޓަރކުރުމަށް އެއްބަސްވެފައިވާކަމަށް ވިދާޅުވިއެވެ.

ރަޝިޔާއިން މި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެމެރިކާގެ އިތުރު އެހީތެރިކަމަށް އެދިވަޑައިގަންނަވާނެކަމަށް ޒެލެންސްކީ އިޝާރާތްކުރެއްވިއެވެ. “އެމީހުން ޚިލާފުވެއްޖެނަމަ، އަޅުގަނޑުމެން ފިޔަވަޅުތަކަށް އެދޭނަން، ހަތިޔާރަށް އެދޭނަން،” އެމަނިކުފާނު ވިދާޅުވިއެވެ.

ކްރެމްލިންއިން ބުނެފައިވަނީ ބްލެކް ސީގެ ހުއްޓުން “އަމަލީ ސިފަ އަންނާނީ ރޮސެލްކޮޒްބޭންކް އަދި ކާބޯތަކެއްޗާއި ގަސްކާނާގެ ބައިނަލްއަޤްވާމީ ވިޔަފާރީގައި ހަރަކާތްތެރިވާ އެހެނިހެން މާލީ މުއައްސަސާތަކުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށްފަހު” ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.