ޚަބަރު އިންޑޮނޭޝިއާގެ ބާލީ ކައިރިން ދަތުރުކުރި ފެރީއެއް އަޑިއަށްގޮސް، އެތައް ބަޔަކު ގެއްލިއްޖެ

އިންޑޮނޭޝިއާގެ ބާލީ ކައިރިން ދަތުރުކުރި ފެރީއެއް އަޑިއަށްގޮސް، އެތައް ބަޔަކު ގެއްލިއްޖެ

އިންޑޮނޭޝިއާގެ ބާލީ ކައިރިން ދަތުރުކުރި ފެރީއެއް އަޑިއަށްގޮސް، އެތައް ބަޔަކު ގެއްލިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑޮނޭޝިއާގެ ބާލީ ރިސޯޓް ކައިރިން 65 މީހުންނާއެކު ދަތުރުކުރި ފެރީއެއް އަޑިއަށް ދިއުމާ ގުޅިގެން ގެއްލުނު 43 މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އެބަދެއެވެ.

ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނީ، ‘ކޭއެމްޕީ ޓޫނު ޕްރަޓަމާ ޖަޔާ’ ނަމަކަށް ކިޔާ މި ފެރީ އަޑިއަށް ގޮސްފައިވަނީ އިއްޔެ އިރުމަތީ ޖާވާގެ ކެޓަޕަންގް ބަނދަރުން ފުރިތާ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން ކަމަށެވެ.

މި ފެރީ ދަތުރުކުރަމުން ދިޔައީ 50 ކިލޯމީޓަރު (30 މޭލު) ދުރުގައިވާ ބާލީގެ ގިލިމަނުކް ބަނދަރަށެވެ. އެވަގުތު ފެރީގައި 53 ފަސިންޖަރުންނާއި، 12 ފަޅުވެރިން އަދި 14 ޓްރަކް ހިމެނޭ ގޮތަށް ޖުމްލަ 22 އުޅަނދު ވެސް ފެރީގައި އޮތެވެ.

ބަންޔުވަންގީ ޕޮލިސް ޗީފް، ރާމާ ސަމްތަމާ ޕުތުރާ ވިދާޅުވީ، މިހާތަނަށް ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، 20 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ސަލާމަތް ކުރެވުނު ގިނަ މީހުން، ބާނިގަދަ ކަނޑުގައި ގިނަ އިރުތަކެއް ވަންދެން ގެނބެމުން ދިއުމުގެ ސަބަބުން ހޭނެތިފައި ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި، ދެ ޓަގް ބޯޓާއި ދެ އިންފްލޭޓަބަލް ބޯޓު ހިމެނޭ ގޮތަށް ޖުމްލަ ނުވަ ބޯޓު ބުދަ ދުވަހުގެ ރެއިން ފެށިގެން ދަނީ ހަރަކާތްތެރިވަމުންނެވެ. ރޭގަނޑުގެ އަނދިރީގައި ވެސް ކުރިއަށްދާ މި އޮޕަރޭޝަނަށް ވަނީ ދެ މީޓަރު (6.5 ފޫޓު) އުސްމިނަށް ރާޅު ބޮޑުވުމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އިންޑޮނޭޝިއާއަކީ 17،000 އަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެއް ކަމުން، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ފެރީތައް އާންމުކޮށް ބޭނުންކުރެއެވެ. އަދި ސަލާމަތީ މިންގަނޑުތަކަށް ފަރުވާކުޑަކުރުމުގެ ސަބަބުން، އެގައުމުގައި ފެރީ ނިޒާމުގައި ދިމާވާ މިފަދަ (ޙާދިޘާ)ތަކަކީ އާންމު ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.