ޚަބަރު ކުލި ނުދައްކާ ރިސޯޓުތަކަށް ލުއި ދިނުމަކީ އެކަމަށް ހިތްވަރު ދިނުން: އޮޑިޓް ރިޕޯޓް

ކުލި ނުދައްކާ ރިސޯޓުތަކަށް ލުއި ދިނުމަކީ އެކަމަށް ހިތްވަރު ދިނުން: އޮޑިޓް ރިޕޯޓް

ކުލި ނުދައްކާ ރިސޯޓުތަކަށް ލުއި ދިނުމަކީ އެކަމަށް ހިތްވަރު ދިނުން: އޮޑިޓް ރިޕޯޓް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދައުލަތަށް ދައްކަންޖެހޭ ރިސޯޓު ކުލި ނުދައްކާ ފަރާތްތަކަށް ތަކުރާރުކޮށް ލުއި ދީ، ޖޫރިމަނާތައް މައާފުކުރުމުގެ ސަބަބުން ކުލި ނުދެއްކުމުގެ އާދަ ހިތްވަރު ލިބި، ދައުލަތަށް ބިލިއަނުން ރުފިޔާ ގެއްލެމުންދާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ކުލި ގަވާއިދުން ދައްކާ ފަރާތްތަކާއި، ނުދައްކާ ފަސްކުރާ ފަރާތްތަކާ ދެމެދު ތަފާތެއް ނެތި ޖޫރިމަނާ މައާފުކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން، ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރަމުން އެބަދެއެވެ.

ރިޕޯޓް ދައްކާގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު، ހަމައެކަނި ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައެއް ނުވެއެވެ. މިއީ އެހާތަނަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ 45 އިންސައްތައެވެ. މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ، 2022 ވަނަ އަހަރު ދިން ލުއިތަކެއްގެ ސަބަބުން 4.1 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ނުވަންނާނެ ގޮތް ހެދުމުންނެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ، ކުލި ނުދައްކާ ފަރާތްތަކާއެކު ތަކުރާރުކޮށް “ސެޓްލްމެންޓް އެގްރީމެންޓް” ތައް ހަދަމުން ދިއުމަކީ، އެފަރާތްތަކުގެ މެދުގައި “ކުލި ނުދެއްކުމަކީ މައްސަލައެއް ނޫން” ކަމުގެ ވިސްނުމެއް އުފެދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިފަދަ އެއްބަސްވުންތަކަށް އިހްތިރާމް ނުކުރާ ފަރާތްތަކާ މެދު، ކަމާބެހޭ އިދާރާކަމަށްވާ ޓޫރިޒަމް މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިސޯޓް ކުލީގެ އިތުރުން، ޓެކްސްގެ ގޮތުގައިވެސް ބޮޑެތި އަދަދުތަކެއް ނުލިބި އެބަހުއްޓެވެ. 2023 ވަނަ އަހަރު ނިމުނުއިރު، ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 6.6 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި:

ޖީއެސްޓީ: 2.9 ބިލިއަން ރުފިޔާ

ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް: 1.7 ބިލިއަން ރުފިޔާ

ޓީޖީއެސްޓީ: 1.3 ބިލިއަން ރުފިޔާ

އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވަނީ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެންފޯސްމެންޓް ފިޔަވަޅުތައް ހަރުދަނާކޮށް، ގަވާއިދުން އެޅުމަށާއި، ކުލި ނުދައްކާ ފަރާތްތަކާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުން އަވަސްކުރުމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.