ޚަބަރު ފަލަސްތީނުގެ މައްސަލާގައި މިއަދު ފާސްކުރި ޤަރާރަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފި

ފަލަސްތީނުގެ މައްސަލާގައި މިއަދު ފާސްކުރި ޤަރާރަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފި

ފަލަސްތީނުގެ މައްސަލާގައި މިއަދު ފާސްކުރި ޤަރާރަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ގެނައުމަށް ބާރުއަޅާ، “ނިއުޔޯކް ޑެކްލަރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން” ތަޞްދީޤު ކުރުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފިއެވެ.

މި ޤަރާރު ބަލައިގެންފައިވަނީ މިއަދު އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ. މި ޤަރާރު ފާސްކުރެވިފައިވަނީ ވަރަށް ބޮޑު ތާއީދަކާއެކުއެވެ. ވޯޓުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން 142 ޤައުމުގެ ތާއީދާއެކު މި ޤަރާރު ވަނީ ބަލައިގެންފައެވެ. މިޤަރާރާ ދެކޮޅަށް 10 ޤައުމުން ވޯޓުދީފައިވާއިރު، 12 ޤައުމަކުން ވަނީ ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ނިންމާފައެވެ.

މި ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 ން 30 އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވުނު “ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން” ގެ ނަތީޖާ ޑޮކިއުމަންޓެވެ. މި ކޮންފަރެންސް ބޭއްވުނީ ފަލަސްތީނުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް މަޝްވަރާކޮށް، ބައިނަލްއަޤުވާމީ އެއްބަސްވުންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.

މި ޑެކްލަރޭޝަންގައި ވަނީ ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ފަލަސްޠީނުގައި މިނިވަން، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް ޚާއްސަކޮށް ގޮވާލާފައެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ޤައުމުތަކަށް ލިބޭ ޙައްޤު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް މި ޑެކްލަރޭޝަންގައި ބަޔާންކޮށްފައިވެއެވެ.

ޓެގް

ފަލަސްތީނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.