ބޭރުދުނިޔެ ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ރަޝިއާގެ ޑްރޯނެއް ވަދެއްޖެ

ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ރަޝިއާގެ ޑްރޯނެއް ވަދެއްޖެ

ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ރަޝިއާގެ ޑްރޯނެއް ވަދެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަޝިއާއިން ޔޫކްރެއިނާ ގުޅިފައިވާ ސަރަހައްދުގައި ހުންނަ ޔޫކްރެއިނުގެ އިންފްރާސްޓްރަކްޗަރަށް ދިން ހަމަލާއެއްގެ ތެރޭގައި، ރޮމާނިއާގެ ވައިގެ ސަރަހައްދަށް ޑްރޯނެއް ވަދެފައިވާ ކަމަށް ރޮމާނިއާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުއެވެ. ރޮމާނިއާގެ ދިފާޢީ ވަޒީރު އިއޮނޫޓް މޮސްޓެއާނޫ ވިދާޅުވީ، ޑްރޯން ވަރަށް ތިރިން ދަތުރުކުރަމުން ދަނިކޮށް، ރޮމާނިއާގެ ވައިގެ ސަރަހައްދުން ނިކުމެ ޔޫކްރެއިނާ ދިމާއަށް ދަތުރުކުރަން ފެށުމުގެ ކުރިން އެފް-16 ޕައިލެޓުންނަށް އެ ޑްރޯން ވައްޓާލުމާ ގާތަށް ޖެހުނު ކަމަށެވެ. ޑްރޯން ފުރަތަމަ ފެނިފައިވަނީ ޗިލިއާ ވެޗޭ އަވަށުން 20 ކިލޯމީޓަރު ހުޅަނގު ދެކުނުންނެވެ.
މި ހާދިސާއާ ގުޅިގެން ރޮމާނިއާއިން ވަނީ އެފް-16 ފައިޓަރ ޖެޓް ދޭއް އަދި ފަހުން ޔޫރޯފައިޓަރ ދޭއް ވައިގެ ސަރަހައްދަށް ފޮނުވާފައެވެ. އަދި ޑަނޫބް ކައިރީގައިވާ ޓުލްސެއާ ކައުންޓީގެ ރައްޔިތުންނަށް ވަނީ ރައްކާތެރިވުމަށް އަންގާފައެވެ.
ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެކްސް ގައި ވިދާޅުވީ، ޑްރޯން ރޮމާނިއާގެ ސަރަހައްދުގެ 10 ކިލޯމީޓަރުގެ ތެރެއަށް ވަދެ، ނޭޓޯގެ ވައިގެ ސަރަހައްދުގައި ގާތްގަނޑަކަށް 50 މިނިޓު ހޭދަކޮށްފައިވާ ކަމަށެވެ. އަދި މިއީ ރަޝިއާއިން ހަނގުރާމަ ފުޅާކުރަމުންދާ ކަމުގެ ހެއްކެއް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ނޭޓޯއިން ވަނީ މިފަދަ ވައިގެ ސަރަހައްދުތަކަށް ވަނުމުގެ ހާދިސާތަކަށްފަހު، ޔޫރަޕުގެ އިރުމަތީ ބިތުގެ ދިފާޢު ވަރުގަދަ ކުރުމުގެ ރޭވުންތައް އިޢުލާންކޮށްފައެވެ. މީގެ ކުރިން ޕޮލެންޑުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ރަޝިއާގެ ޑްރޯންތަކެއް ވައްޓާލާފައިވެއެވެ.

ސްވިޑަންގެ ޚާރިޖީ ވަޒީރު މާރިއާ މަލްމަރ ސްޓެނަރގާޑް ވިދާޅުވީ، މިއީ ނޭޓޯގެ ވައިގެ ސަރަހައްދުގައި ހިންގި އިތުރު ބަލައިނުގަނެވޭނެ ޢަމަލެއް ކަމަށެވެ.

މި ހާދިސާއަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނީއްސުރެ ނޭޓޯގެ މެންބަރު ޤައުމެއްގެ ސަރަހައްދަށް ވަދެފައިވާ ތިންވަނަ ޑްރޯނެވެ. މީގެ ކުރިންވެސް ރޮމާނިއާގެ ސަރަހައްދަށް ދެ ޑްރޯން ވަދެފައިވެއެވެ.

ޓެގް

ރޯމޭނިއާ ޔޫކްރެއިން ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.