ބޭރުދުނިޔެ އިންޑޮނޭޝިއާއަށް 6.1 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް!

އިންޑޮނޭޝިއާއަށް 6.1 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް!

އިންޑޮނޭޝިއާއަށް 6.1 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑޮނޭޝިއާގެ ހުޅަނގު ޕަޕުއާ ޕްރޮވިންސަށް 6.1 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭ (USGS) އިން ރިޕޯޓްކޮށްފިއެވެ.

ހުކުރު ދުވަހު (ރޭ)ގެ ފަތިހުގެ ވަގުތެއްގައި އައި މި ބިންހެލުމުގައި އެއްވެސް ވެސް މީހަކު މަރުވި ކަމެއް ނުވަތަ އެއްވެސް އެއްޗަކަށް ގެއްލުންވީ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ޔޫއެސްޖީއެސް އިން ރިޕޯޓްކުރިގޮތުގައި، މި ބިންހެލުމުގެ މަރުކަޒީ ނުކުތާ އޮތީ ނަބީރޭގެ 28 ކިލޯމީޓަރު (17 މޭލު) ދެކުނުގައެވެ. ނަބީރޭ އަކީ އިންޑޮނޭޝިއާއާއި ޕަޕުއާ ނިއު ގިނީއާ ހިއްސާކުރާ ބޮޑު ޕެސިފިކް ރަށުގެ އިންޑޮނޭޝިއާ ބައިގައި އޮންނަ ރަށެކެވެ.

ޔޫއެސްޖީއެސް އިން ބިންހެލުމުގެ ބާރުމިން 6.1 މެގްނެޓިއުޑްގައި 10 ކިލޯމީޓަރުގެ ފުންމިނެއްގައި ރިޕޯޓްކޮށްފައިވާއިރު، އިންޑޮނޭޝިއާގެ ބީއެމްކޭޖީ އެޖެންސީން ބުނެފައިވަނީ ބިންހެލުމުގެ ބާރުމިން ހުރީ 6.6 މެގްނެޓިއުޑްގައި 24 ކިލޯމީޓަރުގެ ފުންމިނެއްގައި ކަމަށާއި، ބައެއް ކުދިކުދި އާފްޓަރޝޮކްތައް ވެސް އައިސްފައިވާ ކަމަށެވެ.

އިންޑޮނޭޝިއާ އަކީ ބޮޑު ކަނޑުތަކެއްގެ މެދުގައި އޮންނަ ގައުމެއް ކަމުން، އެ ގައުމުގައި ބިންހެލުންތައް އަންނަ މިންވަރު ގިނައެވެ. އެއީ ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާގެ ނިޔަލަށް ޕެސިފިކް ކަނޑުގެ ބަނދަރުތަކާ ހަމައަށް ފެތުރިފައިވާ “ރިންގް އޮފް ފަޔަރ” ގެ ނަމުން މަޝްހޫރު ސަރަހައްދުގައި އޮންނަ ގައުމަކަށް ވާތީއެވެ.

މި ސަރަހައްދުގައި ޓެކްޓޯނިކް ޕްލޭޓްތައް ދިމާވެ، ގިނައިން ބިންހެލުންތައް އާދެއެވެ.

ޓެގް

އިންޑޮނޭޝިޔާ ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.