ޚަބަރު ސަރުކާރުން އިސްކަންދެނީ ލަފާދާރު ރައްޔިތެއް ބިނާކުރުމަށް: ރައީސް މުޢިއްޒު

ސަރުކާރުން އިސްކަންދެނީ ލަފާދާރު ރައްޔިތެއް ބިނާކުރުމަށް: ރައީސް މުޢިއްޒު

ސަރުކާރުން އިސްކަންދެނީ ލަފާދާރު ރައްޔިތެއް ބިނާކުރުމަށް: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި، އެމަނިކުފާނު ފާހަގަކުރެއްވީ މީގެ 899 އަހަރުކުރީން ރާއްޖެ އިސްލާމްވުމަކީ ދިވެހީންގެ ޤައުމީ ޙަޔާތަށް އެންމެ ހެޔޮ ބަދަލެއް ގެނުވި އިލާހީ ނިޢުމަތްކަމަށާއި، 9 ޤަރުނު ފާއިތުވާން މިދަނީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ދިވެހީން ތިބެކަން ކަމަށެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނަކަށް މި ބިމުން ޖާގަނުދީ، އިސްލާމީ އުސޫލުތަކާ ބީރައްޓެހި ކޮންމެ ކަމެއް މިފަސްގަނޑުން ލުހެލުމުގެ ސާބިތު ޢަޒުމުގައި ދިވެހިން ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ޚިތާބުގައި، ދިވެހިރާއްޖެ އިސްލާމްވުމަށް މެދުވެރިކުރެއްވި ޙިކްމަތްތެރި ޢިލްމުވެރިޔާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އިސްލާމްދީނުގެ ޝިޢާރުތައް މިދީބުގައި ނެގެހެއްޓެވި ރަސްރަސްކަލުންނާއި، ވެރީންނާއި، ޢާލިމުންނާއި، އެދުރުންނާއި، ހެޔޮކަންކަމަށް މަގުދެއްކެވުމުގައި ހިންމަތްކުރެއްވި ކޮންމެ މުރައްބީއެއްގެ ޛިކުރާ އައުކުރައްވައި، އެފަރާތްތަކަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އެދި ދުޢާކުރެއްވިއެވެ. އިސްލާމްދީން ބިނާކޮށްދެނީ އަޚްލާޤް ރަނގަޅު ހެޔޮލަފާ އިންސާނެއްކަން ފާހަގަކުރައްވައި، ކީރިތި ރަސޫލާ صلى الله عليه وسلم އެންމެ ގިނަ ވަގުތު ހޭދަކުރެއްވީ އިސްލާމީ ޢަޤީދާއާއި، ރިވެތި އުޅުމާއި މުޢާމަލާތު ދަސްކޮށްދެއްވުމުގައިކަން އެމަނިކުފާނު ވިދާޅުވިއެވެ.

ވޭތުވެދިޔަ 9 ޤަރުނުގެ ތެރޭ، ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްކަމަށް ބޭރުގެ މުއައްރިޚުން އެއްބަސްވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަޚުލާޤާއި ރީތި ސިފަތަކާވެސް އެކުގައިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އަންނަ އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބާކަމަށްވާތީ، އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވެ، ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަން ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސްކަން ފާހަގަކުރައްވައި، މިލޮބުވެތި ވަޠަނާއި ރައްޔިތުން އިސްލާމްދީންމަތީ ދެމެހެއްޓެވުމަށް އެދި ދުޢާކުރައްވަމުންނެވެ.

ޓެގް

ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.