ބޭރުދުނިޔެ އަފްޣާނިސްތާން ވަޒީރެއްގެ އިންޑިއާ ދަތުރުގައި ދިދައާ މެދު ސުވާލުތަކެއް!

އަފްޣާނިސްތާން ވަޒީރެއްގެ އިންޑިއާ ދަތުރުގައި ދިދައާ މެދު ސުވާލުތަކެއް!

އަފްޣާނިސްތާން ވަޒީރެއްގެ އިންޑިއާ ދަތުރުގައި ދިދައާ މެދު ސުވާލުތަކެއް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ބޭރުގެ ކަންތައްތަކާ ބެހޭ ވަޒީރު އަމީރު ޚާން މުއްތަގީ، އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކާ ގުޅިގެން، ޑިޕްލޮމެޓިކް ދިދަ ބޭނުންކުރުމާ މެދު ސުވާލުތަކެއް އުފެދިއްޖެއެވެ.


މިއީ 2021 ވަނަ އަހަރު ޓާލިބާނުން އަފްޣާނިސްތާނުގެ ބާރު ހޯދި ފަހުން، ޠާލިބާންގެ އިސް ވަޒީރަކު އިންޑިއާއަށް ކުރާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ. މި ދަތުރުގައި ދިދަ ބޭނުންކުރުމާ މެދު އިންޑިއާ ނުރުހޭ ކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާއިން އަދިވެސް ޠާލިބާން ސަރުކާރަކީ ރަސްމީ ސަރުކާރެއްގެ ގޮތުގައި ބަލައިގަނެފައި ނުވާތީ، ޑިޕްލޮމެޓިކް ބައްދަލުވުންތަކުގައި އާންމުކޮށް ކަނޑައެޅިފައިވާ އުސޫލުތަކާ ގުޅިގެން މި ދަތުރުގައި ދިދަ ބޭނުންކުރުމަކީ އުސޫލުތަކާ ފުށުއަރާކަމެއް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. އާންމުކޮށް ރަސްމީ ބައްދަލުވުންތަކުގައި ދެ ގައުމުގެ ދިދަ ބެހެއްޓިފައި ހުންނަން ޖެހެއެވެ. ނަމަވެސް، ޠާލިބާން ސަރުކާރު އިންޑިއާއިން ބަލައިނުގަންނާތީ، ޠާލިބާންގެ ދިދަ ބޭނުންކުރުމަށް އިންޑިއާއިން ހުއްދައެއް ނުދެއެވެ.

ނިއުދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީގައި އަދިވެސް ކުރީގެ ރައީސް އަޝްރަފް ޣަނީގެ ސަރުކާރުގެ ދިދަ ނަގާފައި ހުރިކަމަށް ވެއެވެ. މިކަމުގެ ސަބަބުން މި ބައްދަލުވުމުގައި ދިދަ ބޭނުންކުރާނެ ގޮތަކާ މެދު އިންޑިއާގެ އޮފިޝަލުން ތިބީ ހައިރާންކަމެއްގައެވެ. ކުރީގެ ބައްދަލުވުންތަކުގައި ބައެއް ފަހަރު ދިދައެއް ނުބަހައްޓައިވެސް ވަނީ ކަންތައްތައް ހަމަޖައްސާފައެވެ.

މުއްތަގީ އިންޑިއާއަށް މި ކުރައްވާ ދަތުރުފުޅަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ވިޔަފާރި އަދި ސަލާމަތީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިންޑިއާއިން ޠާލިބާން ސަރުކާރާ އެކު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ދަތުރެކެވެ.

އދ. ގެ ސަލާމަތީ ކައުންސިލުން މި ދަތުރުފުޅަށް ހުއްދަ ދިނުމުން، އޭނާއަށް މި ދަތުރުފުޅު ކުރެއްވުމުގެ ފުރުސަތު ލިބިފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޓެގް

އަފްޣާނިސްތާން އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.