ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މިއަދު ނިއު ދިއްލީގައި މުހިންމު ސަމިޓެއް ބާއްވަމުން އެބަގެންދަވައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ސްޓްރެޓީޖިކް ގުޅުން އިތުރަށް ވަރުގަދަކޮށް، އިގްތިސާދީ އެއްބާރުލުމާއި، ދިފާއީ ކަންކަމުގައި ގުޅުން ބަދަހިކުރުމެވެ. މި ސަމިޓުން ދައްކުވައިދެނީ ގްލޯބަލް ސިޔާސީ ބަދަލުތަކާ އެކުވެސް ދެ ގައުމުގެ ގުޅުން ދެމިގެންދާނެ ކަމެވެ.
ރަޝިޔާ އާއި އިންޑިއާ އަކީ ދިގު ތާރީޚެއް އެކުލެވޭ ގުޅުމެއް އޮތް ދެ ގައުމެވެ. ދިފާއީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބިނާވެފައިވެއެވެ.
ރަޝިޔާގެ ކްރެމްލިން އިން ހާމަކޮށްފައިވާ ގޮތުގައި، މި ސަމިޓް ބާއްވަނީ ދެ ގައުމުގެ ދެމެދުގައި އޮތް “ޚާއްސަ އަދި އިސްކަންދޭ ސްޓްރެޓީޖިކް ޕާޓްނަރޝިޕް” އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުމުގެ މުސްތަގުބަލަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ވެރިން މަޝްވަރާކުރައްވާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ވިޔަފާރި ގުޅުން އިތުރުކުރުމާއި، ދިފާއީ އެއްބާރުލުން ފުޅާކުރުމާއި، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާނެއެވެ.
ގްލޯބަލް ލެވެލްގައި ދެ ގައުމުން އަދާކުރާނެ ދައުރުގެ މައްޗަށްވެސް މި ސަމިޓްގައި އަލިއަޅުވައިލެވޭނެއެވެ.
ރަޝިޔާ އުކްރެއިން ހަނގުރާމައަށްފަހު، ރަޝިޔާއަށް ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އިންޑިއާއަކީ ރަޝިޔާއާ އެކު ގުޅުން ދެމެހެއްޓުމަށް އަބަދުވެސް އިސްކަންދޭ ގައުމެކެވެ. އިންޑިއާ އަކީ ބައިނަލްއަގްވާމީ މުހިންމު ބާރެއްގެ ގޮތުގައި ކުރިއަރަމުން އަންނައިރު، މި ސަމިޓް އަކީ ރަޝިޔާއަށް އާ އުފާވެރިކަމެއް ގެނެސްދޭނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.
އިންޑިއާއިން ވަނީ ޔޫކްރެއިން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހި ނިއުޓްރަލް ސްޓޭންޑެއް ބައްޓަންކޮށްފައެވެ.
މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. މީގެކުރިންވެސް ރައީސް ޕޫޓިން އާއި ބޮޑުވަޒީރު މޯދީ ވަނީ އެކި ފޯރަމްތަކުގައި އެތައް ފަހަރެއްގެ މަތިން ބައްދަލުކުރައްވާ، ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތްކުރައްވާފައެވެ. މި ސަމިޓުން ދެ ގައުމުގެ ދިގު މުއްދަތުގެ ސްޓްރެޓީޖިކް ގުޅުން ފާޅުކޮށްދޭނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ އިތުބާރުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...