ޚަބަރު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި

ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި

ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރެވިފައިވާ ފައިސާގެ މިންވަރު 2.4 ބިލިއަން ރުފިޔާއަށް އަރައިފިކަމަށް ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ‘ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް’ ރިޕޯޓުން ދައްކާ ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 35 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މިނިސްޓްރީއިން ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު، ދައުލަތުގެ ޖުމްލަ ޑެފިސިޓް ބޮޑުތަނުން ކުޑަވެފައިވާ ކަމަށެވެ. އެގޮތުން، ބަޖެޓްގެ ޖުމްލަ ބެލެންސް މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފައިވެއެވެ. އަދި ޕްރައިމަރީ ބެލެންސް ވެސް 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސަޕްލަސްއަކަށް ބަދަލުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމްލަ 42.0 ބިލިއަން ރުފިޔާއިން 36.4 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު، މިއީ 13.2 އިންސައްތަ ދަށްވުމެކެވެ. ޕަބްލިކް ސެކްޓަރު އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ހަރަދުތައް ވެސް ހިމެނޭ ކެޕިޓަލް ހަރަދުތައް ވަނީ ދަށްވެފައެވެ. ނަމަވެސް، ރިކަރަންޓް ހަރަދު ކޮންމެވެސް ވަރަކަށް އިތުރުވެފައިވާއިރު (30.8 ބިލިއަން ރުފިޔާއިން 31.2 ބިލިއަން ރުފިޔާއަށް، 1.4 އިސައްތައަށް  އިތުރުވުން)، މުސާރަ، އުޖޫރަ އަދި ޕެންޝަންގެ ހަރަދުތައް 4.2 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން އާއްމުކުރި ތަފާސް ހިސާބުތަކުންދައްކައެވެ.

ޓެގް

ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.