ޚަބަރު ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 74 ތަނެއް ބަންދުކޮށްފި

ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 74 ތަނެއް ބަންދުކޮށްފި

ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 74 ތަނެއް ބަންދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ތަންތަން ބަލައި ފާސްކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، އާންމުންގެ ފަރާތުން ލިބުނު ގިނަ ޝަކުވާތަކަކަށް ރިއާޔަތްކޮށް، ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 74 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީން ހުއްޓުވައިފި އެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާކަމަށް ބުނެ، މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 252 ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިވެ އެވެ. މި ޝަކުވާތަކާ ގުޅިގެން ކަމާބެހޭ އޮފިޝަލުން ވަނީ 98 ތަނެއް ބަލައި ފާސްކޮށްފަ އެވެ.

މި އިންސްޕެކްޝަންތަކަށްފަހު ފިޔަވަޅު އެޅި 74 ވިޔަފާރީގެ ތެރޭގައި ތަފާތު ގާނޫނުތަކާ ޚިލާފުވެފައިވާ ތަންތަން ހިމެނެ އެވެ. އޭގެ ތެރޭގައި:

އިކޮނޮމިކް މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން ބަންދުކުރި: 25 ތަން

އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން ބަންދުކުރި: 12 ތަން

އެހެނިހެން ސަބަބުތަކާހުރެ ބަންދުކުރި: 37 ތަން

ބަންދުކުރެވުނު ތަންތަނުގެ ތަފްސީލެއް މިނިސްޓްރީން އާންމުކޮށްފައި ނުވި ނަމަވެސް، އެ އިދާރާއިން ބުނީ ބަންދުކުރި ތަންތަނުގެ ތެރެއިން އަލުން ވިޔަފާރި ހުޅުވުމަށް ހުއްދަ ދޫކޮށްފައިވަނީ އެންމެ 8 ފަރާތަކަށް ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް، ޚާއްސަކޮށް ބިދޭސީން ޝާމިލުވެގެން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިމިގްރޭޝަނާއި ފުލުހުން އަދި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން އަންނަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.

ޓެގް

އިކޮނޮމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.