ޚަބަރު ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ބައިވެރިވެވަޑައިގެންފި

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ބައިވެރިވެވަޑައިގެންފި

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު ބައިވެރިވެވަޑައިގެންފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް މިއަދު މެންދުރު ބަންގްލަދޭޝްގެ ދާކާގައި ބޭއްވި ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، ބޭގަމް ޚާލިދާ ޒިޔާގެ އާއިލާއަށާއި ބަންގްލަދޭޝް ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ތަޢުޒިޔާ ރައްދުކުރައްވާފައިވެއެވެ.

ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ވަގުތީ ޗެއަރމަން ތާރިޤު ރަޙްމާނަށާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނަށް ތަޢުޒިޔާ ރައްދުކުރައްވާފައެވެ. މި ތަޢުޒިޔާގައި، މަރުގެ ހިތާމައިގައި ބައިވެރިވެ، މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު ވަނީ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ޒިޔާރަތްކުރައްވަމުންގެންދެވި ނޭޕާލް، ބޫޓާން އަދި އިންޑިއާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައި، ސަރަހައްދީ ގުޅުންތަކާއި މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ދެޤައުމު ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ތިން ފަހަރެއްގެ މަތިން އެ މަޤާމު އަދާކުރައްވާފައިވެއެވެ. އެކަމަނާގެ ދިގު ސިޔާސީ ޙަޔާތުގައި ބަންގްލަދޭޝްގެ ތަރައްޤީއަށާއި ޑިމޮކްރަސީއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އެކަމަނާގެ އަވަހާރަވުމަކީ ބަންގްލަދޭޝްގެ ސިޔާސީ މައިދާނަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.