ޚަބަރު އެއާޕޯޓުގައި ހުއްދަ ނެތި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ކަންތައްތައް އެމްއޭސީއެލްއިން މަނާކޮށްފި

އެއާޕޯޓުގައި ހުއްދަ ނެތި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ކަންތައްތައް އެމްއޭސީއެލްއިން މަނާކޮށްފި

އެއާޕޯޓުގައި ހުއްދަ ނެތި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ކަންތައްތައް އެމްއޭސީއެލްއިން މަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި (ވީ.އައި.އޭ) ހުއްދަ ނެތި ސިމް ކާޑު ވިއްކުމާއި، ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި މުއާމަލާތްތައް ކުރުން މަނާކަމެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންގައިފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓުގައި ޚިދުމަތް ދެވޭނީ އެކަމުގެ ލައިސަންސް އޮންނަ އަދި އެމްއޭސީއެލްއާއެކު އެއްބަސްވުން ހަދާފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، ހުއްދަ އޮންނަ ފަރާތްތަކުން ވެސް ޚިދުމަތް ދޭންޖެހޭނީ ކަނޑައެޅިފައިވާ ކައުންޓަރުތަކުން ކަމަށެވެ.

މީގެ އިތުރުން، އެއާޕޯޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ތިބެންވާނީ ކުންފުނީގެ ޔުނިފޯމުގައި ނުވަތަ ފާސް އަޅައިގެން ކަމަށާއި، ހުއްދަ ދެވިފައިވާ ޚިދުމަތެއް ފިޔަވައި އިތުރު ކަމެއް ކުރުމަކީ ވެސް މަނާކަމެއް ކަމަށް އެމްއޭސީއެލްއިން ވަނީ ހަނދާންކޮށްދީފައެވެ. މި އުސޫލުތައް ކަނޑައަޅާފައިވަނީ އެއާޕޯޓުން ޚިދުމަތް ހޯދާ ފަތުރުވެރިންނާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމުގެ މަގުސަދުގައެވެ.

އެމްއޭސީއެލްއިން އިތުރަށް ވިދާޅުވީ، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ހުއްދަ ނެތި އެއްވެސް ވިޔަފާރިއެއް ކުރާކަން ފާހަގަކުރެވިއްޖެނަމަ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ސަބަބުން ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމަށް ވެސް އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޓެގް

އެމްއޭސީއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.