ޚަބަރު އައިޖީއެމްއެޗުން ‘ހޯމް ނާސިން ކެއަރ’ ގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

އައިޖީއެމްއެޗުން ‘ހޯމް ނާސިން ކެއަރ’ ގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

އައިޖީއެމްއެޗުން ‘ހޯމް ނާސިން ކެއަރ’ ގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބަލިމީހުންގެ ގޭގެއަށް ގޮސްގެން ފަރުވާ ދިނުމަށް ފަށާ “ހޯމް ނާސިން ކެއަރ” ޚިދުމަތަށް ބޭނުންވާ ފަސް ސައިކަލު ސަޕްލައިކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

މި ޚިދުމަތަކީ ނަރުހުންނާއި ސިއްހީ އެހީތެރިން ބަލިމީހުން ތިބޭ ތަންތަނަށް ގޮސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.

އައިޖީއެމްއެޗުން ބުނީ ބީލަން ކާމިޔާބުކުރާ ފަރާތަކުން ސައިކަލުތައް ކްލިއަރކޮށް، ރަޖިސްޓްރީކުރުމާއި، އެއް އަހަރުގެ ރޯޑްވޯދިނެސް، އަހަރީ ފީ އަދި އިންޝުއަރެންސްގެ ކަންކަން ފުރިހަމަކުރަން ޖެހޭނެކަމަށެވެ. ކޯޓޭޝަން ހުށަހަޅާނީ ޖީއެސްޓީ ހިމަނައި، ސަޕްލައިކޮށް ނިންމާނެ މުއްދަތެއް ބަޔާންކުރުމާޢި އެކުގައި ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

މިކަމާ ގުޅޭ ބީލަން ހުށަހެޅުން އޮންނާނީ އަންނަ ހަފުތާގެ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގައިކަމަށާއި، އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައިކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މި ޚިދުމަތުގެ ސަބަބުން ގޭގައި ތިބެގެން ސިއްހީ ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، ޚިދުމަތް ރަސްމީކޮށް ފަށާނެ ތާރީޚެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.

ޓެގް

އައިޖީއެމްއެޗް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.