ބޯންމައުތަށް ކުޅެމުން އައި ގާނާގެ ހުނަރުވެރި ފޯވާޑް އެންޓޮއިން ސެމެންޔޯ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.
ސިޓީން އުމުރުން 26 އަހަރުގެ ސެމެންޔޯ ގަތުމަށް 68 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން އެއްބަސްވެފައިވާއިރު، މި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ 24 މަސްދުވަހަށް ބަހާލައިގެންނެވެ. ލިވަޕޫލާއި ޗެލްސީންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް ސެމެންޔޯ ސިޓީއަށް ބަދަލުވީ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުމަށް އޭނާ ބޭނުންވާތީއެވެ.
ސެމެންޔޯ ސިޓީއާއެކު 2031 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާއިރު، އޭނާ އެ ކްލަބުގައި ބޭނުންކުރާނީ އެ ޓީމުގެ ލެޖެންޑް ޔާޔާ ޓޫރޭ ބޭނުންކުރި 42 ނަންބަރު ޖޯޒީއެވެ. ސޮއިކުރުމަށްފަހު ސެމެންޔޯ ބުނީ އޭނާގެ ކެރިއަރުގެ އެންމެ މޮޅު ކުޅުން ސިޓީގައި ދައްކައި، ގިނަ ކާމިޔާބީތަކެއް ހޯދުމަކީ އުންމީދެއް ކަމަށެވެ. ލަންޑަނަށް އުފަން މި ކުޅުންތެރިޔާ ވަނީ ބޯންމައުތަށް ކުޅުނު ފަހު މެޗުގައި ޓޮޓެންހަމް ކޮޅަށް ލަނޑު ޖަހައި، އެ ޓީމު މޮޅުކޮށްދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...