މުނިފޫހި ދިވެހި ފިލުމު ހިލޭ ބަލާލަން ބޭނުންތަ، މިއޮތީ ރަނުގެ ފުރުސަތެއް!

ދިވެހި ފިލުމު ހިލޭ ބަލާލަން ބޭނުންތަ، މިއޮތީ ރަނުގެ ފުރުސަތެއް!

ދިވެހި ފިލުމު ހިލޭ ބަލާލަން ބޭނުންތަ، މިއޮތީ ރަނުގެ ފުރުސަތެއް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ހަފްތާ ބަންދާ ދިމާކޮށް، މާލޭގައި ހުންނަ ޔޫތު ހަބުގައި އެންމެ ފަހުގެ ދިވެހި ފިލްމުތައް އެޅުވުމަށް ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިގޮތުން މި މަހުގެ 15 އިން 17 އަށް ކުރިއަށްދާ މި ހަރަކާތުގައި، ބުރާސްފަތި ދުވަހުގެ ރޭ “އަލިފާން”، ހުކުރު ދުވަހުގެ ރޭ “އަލްވަދާޢު” އަދި ހޮނިހިރު ދުވަހުގެ ރޭ “ފުރޭތަ” ދެއްކުމަށް ވަނީ ތާވަލުކޮށްފައެވެ.

18 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށްގެން ދައްކާ މި ފިލްމުތައް ބަލައިލުމުގެ ފުރުޞަތު ހުރިހާ ޒުވާނުންނަށް ވަނީ ހިލޭ ހުޅުވާލާފައެވެ. މިއީ ޒުވާނުންގެ މެދުގައި ދިވެހި އުފެއްދުންތަކަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމަށާއި، މުނިފޫހިފިލުވުމުގެ ދާއިރާއިން ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މުލީއާގެ ގަރާޖު ހުރި އިމާރާތުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހު ހުޅުވި ޔޫތު ހަބަކީ ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަށާއި، އެކި ކަހަލަ ޕްރޮގްރާމްތައް ހިންގުމަށް ޚާއްޞަކޮށްފައިވާ ތަނެކެވެ. މި ތަނުގައި މިހާރުވެސް އެކި ކަހަލަ ބޫޓު ކޭމްޕުތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކުގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ދަނީ މެދުނުކެނޑި ބާއްވަމުންނެވެ.

ޓެގް

ޔޫތުމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.