ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ހިއްކުމަށް ކަނޑައަޅާފައިވާ 137.5 ހެކްޓަރުގެ ތެރެއިން 71 ހެކްޓަރުގެ ސަރަހައްދެއް މިހާތަނަށް ހިއްކައި ނިންމާފައިވާކަމަށް އެމްއޭސީއެލްއިން ހާމަކޮށްފިއެވެ. މިއާއެކު މި މަޝްރޫޢުގެ 51.64 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.
މާލެ އަތޮޅު ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ‘ކްރިސްޓަބެލް ކޮލޯން’ ހިމެނޭހެން ދެ ޑްރެޖަރެއް ބޭނުންކޮށްގެން ދަނީ ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ތިމާވެއްޓާ ރައްޓެހި “އިކޯ ސިޓީ” އެއްގެ ގޮތުގައެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، މި ދިޔައަހަރުގެ ޖުމުހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާން ކުރެވޭނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...