ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް “ބަލްމާ ހައެއް” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލިތާ 24 ގަޑިއިރު ވީއިރުވެސް، އޭގެއިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
ހަތަރު މީހުންނާއެކު ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލިކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 07:27 ހާއިރުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ދެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު ވަނީ ނިޔާވެފައި އޮއްވާ ފެނިފައެވެ. ތާޖް އެގްޒޯޓިކާ ރިސޯޓުގެ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނީ ބ. ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން އަލީ ހުސައިނެވެ. އޭނާގެ ޖަނާޒާ ރޭގެ އިޝާނަމާދަށް ފަހު ވަނީ ބާއްވާފައެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކަނޑުމަތީގައި ދަނީ ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...