ދީން ހުކުރު ދުވަހު ސޫރަތުލް ކަހުފް އަޑުއެހުމުން، އެ ސޫރަތް ކިޔަވާ މީހާއަށް ލިބޭ ފަދަ ސަވާބާއި ދަރުމަ ލިބޭނެތޯ؟

ހުކުރު ދުވަހު ސޫރަތުލް ކަހުފް އަޑުއެހުމުން، އެ ސޫރަތް ކިޔަވާ މީހާއަށް ލިބޭ ފަދަ ސަވާބާއި ދަރުމަ ލިބޭނެތޯ؟

ހުކުރު ދުވަހު ސޫރަތުލް ކަހުފް އަޑުއެހުމުން، އެ ސޫރަތް ކިޔަވާ މީހާއަށް ލިބޭ ފަދަ ސަވާބާއި ދަރުމަ ލިބޭނެތޯ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ހުކުރު ދުވަހު ސޫރަތުލް ކަހުފް ކިޔަވައިގެން ލިބޭނެކަމަށް ބަޔާންވެގެންވާ ޚާއްޞަ ސަވާބާއި ދަރުމައަކީ، އެ ދުވަހު އެ ސޫރަތް ކިޔަވާ މީހާއަށް ޚާއްޞަވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހުކުރު ދުވަހު ސޫރަތުލް ކަހުފް ކިޔަވައިފި މީހާއަށް، އެއް ހުކުރުން އަނެއް ހުކުރަށް އެމީހަކަށް ނޫރެއް ފެތުރިގެންދާނެއެވެ.” (ރިވާކުރެއްވީ އަލްބައިހަޤީ؛ އަދި ޝައިޚް އަލްބާނީ މި ޙަދީޘް ޞަޙީޙްކުރައްވާފައިވެއެވެ).

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ކީރިތި ޤުރުއާނުގެ ސޫރަތެއް އަޑުއަހާ މީހަކީ އެ ސޫރަތް ކިޔެވި މީހެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އެހެންކަމުން، ޙަދީޘްގައި ބަޔާންވެގެންވާ ޚާއްޞަ ސަވާބު ހޯދުމަށް އެދޭ މީހާ، އެ ސޫރަތް ކިޔަވަން ޖެހޭނެއެވެ. ހަމައެކަނި އަޑުއަހާލުމަކުން އެ ސަވާބު ފުރިހަމައަށް ލިބިގެންނެއް ނުދާނެއެވެ.

ނަމަވެސް، މީހަކަށް ޤުރުއާން ރަނގަޅަށް ކިޔަވަން ނޭނގުމުގެ ސަބަބުން، އެ ސަވާބަށް އެދިގެން އެހެން މީހަކު ކިޔަވާ އަޑުއަހާ ނަމަ، އެމީހެއްގެ ހެޔޮ ނިޔަތަށާއި، އޭނާއަށް ކުޅަދާނަވީ މިންވަރުން އެކަން ކުރުމުން، ކިޔަވާ މީހާއަށް ލިބޭ ފަދަ ސަވާބެއް ﷲ ތަޢާލާގެ އިޙްސާންތެރިކަމުން އެމީހަކަށް ދެއްވުމަކީ އުންމީދު ކުރެވޭ ކަމެކެވެ.

ސޫރަތުލް ކަހުފް ކިޔެވުމުގެ މާތްކަމާ ގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް ތިރީގައިވާ އެވަނީއެވެ.

ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުމުގެ މާތްކަމާ ގުޅޭގޮތުން ރަސޫލާ صلى الله عليه وسلم ގެ ކިބައިން ސައްޙަ ޙަދީޘްތައް ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

(ހ) އަބޫ ސަޢީދު އަލްޚުދުރީ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ހުކުރު ވިލޭރޭ ކަހަފު ސޫރަތް ކިޔަވައިފި މީހަކަށް، އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދުގައި ނޫރެއް ލައްވާނެއެވެ.” (ރިވާކުރެއްވީ އައްދާރިމީ: 3407. އަދި ޝައިޚް އަލްއަލްބާނީ މި ޙަދީޘަކީ ސައްޙަ ޙަދީޘެއްކަމަށް “ޞަޙީޙުލް ޖާމިޢު” (6471) ގައި ބަޔާންކުރައްވާފައިވެއެވެ.)

(ށ) “ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔަވައިފި މީހަކަށް، އެއް ހުކުރުން އަނެއް ހުކުރަށް އެމީހަކަށް ނޫރެއް ފެތުރިގެންދާނެއެވެ.” (ރިވާކުރެއްވީ އަލްޙާކިމް: 2/399؛ އަލްބައިހަޤީ: 3/249. އިބްނު ޙަޖަރު “ތަޚުރީޖުލް އަޛްކާރު” ގައި ވިދާޅުވެފައިވަނީ މިއީ ޙަސަން ޙަދީޘެއް ކަމަށެވެ. އަދި ކަހަފު ސޫރަތް ކިޔެވުމާ ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ވަރުގަދަ ރިވާޔަތަކީ މިއީ ކަމަށްވެސް ވިދާޅުވިއެވެ. ބައްލަވާ: ފައިޟުލް ޤަދީރު: 6/198. ޝައިޚް އަލްއަލްބާނީ “ޞަޙީޙުލް ޖާމިޢު” (6470) ގައި މި ޙަދީޘް ސައްޙަ ކުރައްވާފައިވެއެވެ.)

(ނ) އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: “ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔަވައިފި މީހަކަށް، އެމީހެއްގެ ފައިތިލަދަށުން ފެށިގެން އުޑުގެ ވިލާތަކާ ހަމައަށް ނޫރެއް ފެތުރިގެންދާނެއެވެ. ޤިޔާމަތް ދުވަހުން އެމީހަކަށް އެ ނޫރުން އަލިކަން ލިބޭނެއެވެ. އަދި ދެ ހުކުރު ދެމެދުގައިވާ ފާފަތައް އެމީހަކަށް ފުއްސަވައިދެއްވާނެއެވެ.”

މި ޙަދީޘާ ބެހޭގޮތުން އަލްމުންޛިރީ ވިދާޅުވެފައިވަނީ، މިއީ އަބޫބަކުރު އިބްނު މަރުދަވައިހު އެކަލޭގެފާނުގެ ތަފްސީރުގައި އެއްވެސް މައްސަލައެއް ނެތް ސަނަދަކުން ރިވާކުރައްވާފައިވާ ޙަދީޘެއް ކަމަށެވެ. (އައްތަރުޣީބު ވައްތަރުހީބު: 1/298)

އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

ރިފަރެންސް: އިސްލާމް.ކިއު.އޭ (197900)

ޓެގް

ސުވާލާއި ޖަވާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.