ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް 4-1 އިން ބަލިކޮށް، ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރެއާލް އެއްވަނައަށް އެރީ 24 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް، ދެވަނައިގައި 58 ޕޮއިންޓާއެކު އޮތް ބާސެލޯނާ އިން މާދަމާރޭ ޖިރޯނާ ބަލިކޮށްފިނަމަ އަލުން އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ގޮންޒާލޯ ގާސިއާ އެވެ. މިއީ އަނިޔާއަށްފަހު އެނބުރި އައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެކެވެ. ސޮސިއެޑާޑްގެ ހަމައެކަނި ލަނޑު މިކޭލް އޮޔާޒަބާލް ޕެނަލްޓީއަކުން ކާމިޔާބުކުރިއިރު، ރެއާލްގެ އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޕެނަލްޓީން ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފެޑެރީކޯ ވަލްވޭޑޭ އެވެ.
މި ނަތީޖާއާއެކު ތާވަލުގެ ކުރީގައިވާ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނައިގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...