ޚަބަރު ވިސާ ފީ ނުދައްކާ ބިދޭސީން މެއި މަހުން ފެށިގެން ޑީޕޯޓްކުރަނީ

ވިސާ ފީ ނުދައްކާ ބިދޭސީން މެއި މަހުން ފެށިގެން ޑީޕޯޓްކުރަނީ

ވިސާ ފީ ނުދައްކާ ބިދޭސީން މެއި މަހުން ފެށިގެން ޑީޕޯޓްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހިންގާ “އޮޕަރޭޝަން ކުރަނގި” ގެ ތިންވަނަ ފިޔަވަހި އަންނަ މެއި މަހުގެ ދެވަނަ ދުވަހު ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެ ތާރީހުން ފެށިގެން ވިސާ ފީ ނުދައްކާ އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އެއްވެސް އިސްތިސްނާއެއް ނެތި ވަގުތުން ހައްޔަރުކޮށް ރާއްޖޭން ޑީޕޯޓްކޮށްލާނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން މިހާތަނަށް ސައްހަ ލިޔެކިއުން ހުރީ %62 މީހުންގެ ކަމަށާއި، ބާކީ ތިބި މީހުން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވިއެވެ. އެހެންކަމުން ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވިސާ ފީ ގަވާއިދުން ދައްކައި، ލިޔެކިއުންތައް ފުރިހަމަކުރުމަށް މިނިސްޓަރު ވަނީ ބާރުއަޅުއްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެންފޯސްމެންޓް މަރުހަލާގައި ހައްޔަރުކުރާ ބިދޭސީން ދޫކޮށްލުމަށް އެކި ފަރާތްތަކުން ކުރާ އާދޭސްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ނަމަވެސް، އިދާރީ މައްސަލައެއްގެ ސަބަބުން ފީ ނުދެއްކި ހުރި ހާލަތްތަކުގައި އެކަމަށް ރިއާޔަތްކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ.

ޓެގް

އަލީ އިޙްސާން އިމިގްރޭޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.