ޚަބަރު އެލްޖީއޭގެ ރައީސްކަމަށް ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރައްވައިފި

އެލްޖީއޭގެ ރައީސްކަމަށް ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރައްވައިފި

އެލްޖީއޭގެ ރައީސްކަމަށް ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން، އެ އޮތޯރިޓީގެ ރައީސްގެ މަގާމަށް މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް ބަދަލެއް މި ގެންނެވީ، ކުރިން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު އެ މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި އިދާރީ ބަދަލުތަކުގެ ތެރެއިން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ މިހާރު ވަނީ އުވާލައްވާފައެވެ. ނަމަވެސް، މި ބަދަލާއެކުވެސް އެލްޖީއޭގެ ހިންގުމަށާއި ޤާނޫނީ ޒިންމާތަކަށް އެއްވެސް ހުސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.

ޤާނޫނު އަސާސީގެ 140 ވަނަ މާއްދާއާއި ލާމަރުކަޒީ ޤާނޫނުގެ ދަށުން، އެލްޖީއޭގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މި ވަޒީރެވެ.

ޓެގް

އެލްޖީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.