ޚަބަރު ގެއްލުނު ފުލުސް މީހާ ހޯދުމުގައި އެހީވި ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރާއި ސީޕީ ޝުކުރު އަދާކުރައްވައިފި

ގެއްލުނު ފުލުސް މީހާ ހޯދުމުގައި އެހީވި ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރާއި ސީޕީ ޝުކުރު އަދާކުރައްވައިފި

ގެއްލުނު ފުލުސް މީހާ ހޯދުމުގައި އެހީވި ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރާއި ސީޕީ ޝުކުރު އަދާކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަސްމީ ޑިއުޓީގައި އުޅެނިކޮށް ގެއްލުނު ފުލުހަކު ހޯދުމަށް ހިންގި އޮޕަރޭޝަނުގައި އަމިއްލައަށް އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދިން ދެ ޑައިވަރުން ކަމަށްވާ އަޙްމަދު ފައިޞަލް އާއި ޞައްދާމު އަޙްމަދަށް ހޯމް މިނިސްޓަރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ޝުކުރު އަދާކުރައްވައިފިއެވެ.

މި ދެ ބޭފުޅުންނަކީ ރޭގައި ފުލުހުންގެ ލޯންޗެއްގައި ޑިއުޓީގައި ހުއްޓާ ގެއްލުނު އޮފިސަރު ހޯދުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރި ދެ ބޭފުޅުންނެވެ.

މިނިސްޓަރާއި ކޮމިޝަނަރ މިއަދު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ނާޒުކު ވަގުތުގައި ވެދެއްވި އަގުހުރި އެހީތެރިކަމަށްޓަކައި މުއައްސަސާގެ ނަމުގައި ތައުރީފު ކުރައްވާފައެވެ. މިފަދަ ހާދިސާތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ. މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ކުރި މަސައްކަތަކީ ފުލުހުންގެ މުއައްސަސާއިން ނުހަނު އިހުލާސްތެރިކަމާއެކު ބަލައިގަންނަ، ގައުމީ ހިދުމަތެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.