ބޭރުދުނިޔެ ހަމާސްގެ ބާނީންގެ ތެރޭގައި ހިމެނޭ ހަސަން ޔޫސުފް މިނިވަންކޮށްފި

ހަމާސްގެ ބާނީންގެ ތެރޭގައި ހިމެނޭ ހަސަން ޔޫސުފް މިނިވަންކޮށްފި

ހަމާސްގެ ބާނީންގެ ތެރޭގައި ހިމެނޭ ހަސަން ޔޫސުފް މިނިވަންކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަމާސް ޖަމާއަތް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއްގެ ދަރިފުޅު ބުނި ގޮތުގައި، އެއްވެސް ޝަރީއަތަކާ ނުލައި ދެ އަހަރަށްވުރެ ގިނަ ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ބުރާސްފަތި ދުވަހު އޭނާގެ ބައްޕަ މިނިވަންކޮށްފިއެވެ.

އުމުރުން 71 އަހަރުގެ ހަސަން ޔޫސުފް މިނިވަންކޮށްފައިވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައިވާ ހެބްރޮން ސިޓީ ކައިރިންނެވެ. އޭނާ މިނިވަންކުރުމާއެކު، އޭނާ ދިރިއުޅޭ ރާމަﷲގެ ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް އޭނާގެ ދަރިފުޅު އުވައިސް ޔޫސުފް މައުލޫމާތު ދިނެވެ.

ހަސަން ޔޫސުފަކީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ހަމާސްގެ އިސް ލީޑަރެކެވެ. އޭނާއަކީ 1980 ގެ އަހަރުތަކުގައި ޝައިޚް އަޙްމަދު ޔާސީން އާއި މުސްލިމް ބްރަދަހުޑްގެ އެހެން މެންބަރުންނާ ގުޅިގެން ހަމާސް ޖަމާއަތް އުފެއްދުމުގައި ބައިވެރިވި ބޭފުޅެކެވެ.

މިކަމާ ގުޅޭގޮތުން އޭއެފްޕީ ނިއުސް އެޖެންސީން ސުވާލުކުރުމުން އިޒްރޭލުގެ ފުލުހުން ވަގުތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ގައްޒާގައި ހަނގުރާމަ ފެށުމަށް މެދުވެރިވި ހަމަލާތަކަށްފަހު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަސަން ޔޫސުފް ހުރީ އިޒްރޭލުގެ “އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން” ނުވަތަ އެއްވެސް ދައުވާއަކާ ނުލައި ބަންދުކުރާ ނިޒާމުގެ ދަށުން ހައްޔަރުކޮށްފައެވެ.

ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިފަދަ ބަންދުތައް އިޒްރޭލުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މި ނިޒާމުގެ ދަށުން އެއްވެސް ދައުވާއަކާ ނުލައި ހަ މަސް ދުވަހުގެ މުއްދަތަށް މީހުން ބަންދުކޮށް، އެ މުއްދަތު ތަކުރާރުކޮށް އިތުރުކުރުމުގެ ބާރު އިޒްރޭލަށް ލިބިގެންވެއެވެ.

އިޒްރޭލުން ބުނާ ގޮތުގައި މިއީ ހަމަލާތައް ހުއްޓުވުމަށާއި ހެކި ހޯދުމަށް ބޭނުންކުރާ އުސޫލެކެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، ނުބައި ގޮތުގައި ބޭނުންކުރާ ނިޒާމެއް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އެކި ފަހަރުމަތިން ހަސަން ޔޫސުފް ހައްޔަރުކޮށްފައިވެއެވެ. އެންމެ ފަހުން އޭނާ މިނިވަންކޮށްފައިވަނީ 16 މަސް ދުވަހުގެ ބަންދަކަށްފަހު 2020 ވަނަ އަހަރުގެ ޖުލައިމަހުގައެވެ.

ފަލަސްތީނުގެ ކުރީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ހަސަން ޔޫސުފާއި އޭނާގެ ދޮށީ ދަރިފުޅު މުޞްޢަބު ޙަސަން ޔޫސުފާ ދެމެދު އޮންނަ ގުޅުން ވަނީ ކެނޑިފައެވެ. މުޞްޢަބަކީ 10 އަހަރު ދުވަހު އޭނާގެ ބައްޕަގެ ޖަމާއަތާ ދެކޮޅަށް ޖާސޫސީ މަސައްކަތް ކުރި މީހެކެވެ.

1997 އިން 2007 އަށް މުޞްޢަބު މަސައްކަތް ކުރީ އިޒްރޭލުގެ އެތެރޭގެ ސަލާމަތީ އިދާރާ ކަމަށްވާ ‘ޝިން ބެޓް’ އަށެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެމެރިކާގައި އޭނާ ދިރިއުޅެނީ އާ ވަނަވަރެއްގައެވެ. އަދި އޭނާ ވަނީ “ސަން އޮފް ހަމާސް” (ހަމާސްގެ ދަރިފުޅު) ގެ ނަމުގައި ފޮތެއްވެސް ލިޔެފައެވެ.

ޓެގް

ހަމާސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.