ކުޅިވަރު ދިވެހި ފުޓްބޯޅައަށް އޭއެފްސީގެ ބޮޑު ލުޔެއް: އެފްއޭއެމްގެ ދަރަނި މައާފުކޮށް، އެހީ އަލުން ދޭން ނިންމައިފި

ދިވެހި ފުޓްބޯޅައަށް އޭއެފްސީގެ ބޮޑު ލުޔެއް: އެފްއޭއެމްގެ ދަރަނި މައާފުކޮށް، އެހީ އަލުން ދޭން ނިންމައިފި

ދިވެހި ފުޓްބޯޅައަށް އޭއެފްސީގެ ބޮޑު ލުޔެއް: އެފްއޭއެމްގެ ދަރަނި މައާފުކޮށް، އެހީ އަލުން ދޭން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ފުޓްބޯޅަ އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ހޯދައި، އެފްއޭއެމުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަންޖެހިފައި އޮތް ބޮޑު ދަރަނި މައާފުކޮށް، އެ ފެޑެރޭޝަނުގެ މާލީ އެހީތެރިކަން އަލުން ދިނުމަށް ނިންމައިފިއެވެ.

އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީން ނިންމި މި ނިންމުމާއެކު، އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އަނބުރާ ދެއްކުމަށް އަންގާފައިވި 253،030 ޑޮލަރު (ގާތްގަނޑަކަށް 3.9 މިލިއަން ރުފިޔާ) ގެ ދަރަނި ވަނީ އެކޮށް މައާފުކޮށްދީފައެވެ. އޭގެ އިތުރުން 2024 ވަނަ އަހަރުން ފެށިގެން ސަސްޕެންޑްކޮށްފައި އޮތް މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އަންނަ އަހަރުން ފެށިގެން ރާއްޖެއަށް އަލުން ލިބިގެންދާނެއެވެ.

މި ލުއިތައް ރާއްޖެއަށް ހަމަޖެހިގެންދިޔައީ އެފްއޭއެމްގެ މިހާރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އިސްވެ ހުންނަވައި، ދިވެހި ފުޓްބޯޅަ ކުރިއަރުވައި އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ފައިސާ މައާފުކޮށްދިނުމަށާއި މާލީ އެހީގެ ފުރުސަތު އަލުން ހުޅުވާލަދިނުމަށް އޭއެފްސީގައި އެދިވަޑައިގަތުމާ ގުޅިގެންނެވެ. އެފްއޭއެމުން ހުށަހެޅި މައިގަނޑު ދެ ކަންތައްވެސް ކޮށްދިނުމަށް އޭއެފްސީން ވަނީ ނިންމާފައެވެ.

އޭއެފްސީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައެވެ. އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ އަމިއްލަ ކަންކަމަށް ބޭނުންކުރިކަން ސާބިތުވެ ބައްސާމް މިވަގުތު 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ދާއިރު، ފީފާއިން ވަނީ އޭނާ 1.23 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން މުޅި އުމުރަށް ސަސްޕެންޑްވެސް ކޮށްފައެވެ.

ޓެގް

އެފްއޭއެމް އޭއެފްސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.